ރޭ ފެށި އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ބްރެޒިލް މޮޅުވި އިރު ސްޕޭން ބަލިވެ ގްރޭޓް ބެރިޓަން ޓީމު އެއްވަރުވެއްޖެ އެވެ.

ބްރެޒިލް މޮޅުވީ މިސްރާ ވާދަކޮށް 3-2 އިންނެވެ. ލަނޑު ޖެހީ ޑަސިލްވާ އާއި ޑަމިއޯ އަދި ނޭމާ އެވެ. ބްރެޒިލްގެ ތިން ގޯލަށް ފަހު މިސްރުގެ ދެ ގޯލު ޖެހީ އަބޫތްރެއިކާ އާއި މުހައްމަދު ސަލާހެވެ. ގްރޫޕް ސީގައި ދެން ކުޅުނު މެޗު ބިލާރުސް ކާމިޔާބުކުރީ ނިއުޒީލޭންޑް އަތުން 1-0 އިންނެވެ.

ގްރޫޕް ސީގައި ސްޕޭން ބަލިވީ ޖަޕާން އަތުން 1-0 އިންނެވެ. މެންޗެސްޓާގެ ކީޕަރު ޑިގިއާ ބަލަހައްޓަމުންދިޔަ ގޯލަށް ޖަޕާން ލަނޑު ޖެހީ 34 ވަނަ މިނިޓްގައި އޮޓްސޫ އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ހޮންޑިއުރަސް އާއި މޮރޮކޯ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ވޭލްސް އާއި ސްކޮޓްލޭންޑް އަދި ނޮދަން އަޔަލޭންޑާއި އިނގިރޭސިވިލާތުން ހޮވާލެވުނު ގްރޭޓް ބެރިޓަން ޓީމު ސްނަގާލާ ބައްދަލުކޮށް އެއްވަރުވީ 1-1 އިންނެވެ. ލަނޑު ޖެހި ވޭލްސްގެ ރަޔަން ގިގްސް އެވެ. ސެނަގާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަނޫޓޭ އެވެ. މި ގްރޫޕުގައި އުރުގުއާއީ އާއި ޑުބާއީ ބައްދަލުކުރި މެޗު އުރުގުއާއީ ކާމިޔާބު ކުރީ 2-1 އިންނެވެ. ލަނޑު ޖެހީ ރަމިރޭޒް އާއި ރޮޑެއިރޯ އެވެ. ޑުބާއީގެ ލަނޑު ޖެހީ މަޓަރް އެވެ.