ރާއްޖެ އަށް ނުރައްކާތެރި ހަތިޔާރު އެތެރެކުރަން އުޅުނު މީހުންގެ މަޢުލޫމާތު ކަސްޓަމްސު އިން ހާމަކޮށްފި އެވެ.


ކަސްޓަމުން ބުނީ އާދިއްތަ ދުވަހު ލަންކާއިން ރާއްޖެ އައި ފްލައިޓަކުން އައި ގ. ޖޫތީގޭ އުމުރުން 20 އަހަރުގެ އަލީ ނިހާދު މުހައްމަދުގެ ފޮށިތަންމަތި ކަސްޓަމްސުން ޗެކުކުރި ކުރުމުގައި 3800 ކިލޯ ވޯލްޓުގެ ބާރުގަދަ ސްޓަން ގަން އާއި ބޮލާއި މޫނު ނިވާކުރަން ގެންގުޅޭ ޒާތުގެ ފަސް މާސްކު ފެނިފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މާސްކު ފެނިފައި ވަނީ އޭނާއާ އެކު އައި ގ. ކޮނޮއްޓާ، އުމުރުން 25 އަހަރުގެ އަހުމަދު ފާރިޝްގެ އަތުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.


ކަސްޓަމްސުން ބުނީ ކޮމާޝަލް ހާބަރުން މުދާތައް ކްލިއަރކުރަނިކޮށް މިމަހުގެ 9 ވަނަ ދުވަހު ފެނުނު ކުޅޭ ކުޅޭ ޒާތުގެ ނުރައްކާތެރި ކަމަށް ކަސްޓަމްސްއިން ފާހަގަކުރި 260 ޓޯއީ ބަޑި އާއި 12 ސާޅަނގަ އާއި އަދި މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަތުލައިގެތް ދެ މިޔަލީ ފަސް ކަނޑި ރާއްޖެ އެތެރެކޮށްފައި ވަނީ "ޕިކާސޯ ޗޮއިސް" ގެ ނަމުގައި ކަމަށެވެ.


ސްޓަން ގަން އާއި 9 މާސްކު ގެނައި ދެ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޕިކާސޯ ޗޮއިސުން ގެނައި ފަސް ކަނޑީގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ޕިކާސޯ ޗޮއިސްގެ ނަމުގައި އެތެރެ ކުރި ބަޑި ތަކާއި ސާޅަނގަތައް ހިފަހައްޓާފައި ސިފައިން ވަނީ ހިފަހައްޓައިފަ