26 Jul 2012, 21:31
މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައއި މިރޭ ޒަމަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 9:15 އެހާކަން ހާއިރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށާއި އޭނާއަށް އޭޑީކޭގައި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ޒަހަމްކޮށްލާފައިވަނީ ދަފްތަރު ނަމްބަރު 977، އަޙުމަދު ޔާމީން 19، އެވެ. އޭނާއަށް ހަމަލާދިނީ ކާނިވާ ސަރަހައްދާ އިންވެގެން އޮންނަ ބައިބަލާ ކުޅޭ ސަރަހައްދުންނެވެ. ޔާމީނަށ ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށާއި އޭނާގެ ބުރަކަށިން އިންޗިއެއްހާ ފުނަށް ފަޅި ހަރާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް ޓެކްސީ ޑްރައިވަރަކު ބުނީ ވަޅި ހެރީ ޒުވާނާގެ ބުރަކައްޓަށް ކަމަށާއި ވަޅި ހެރުމުން އެ ޒުވާނާގެ ވަޅިއާއެކު އިށީނދެ އިނީ ކާނިވާ ސަރަހައްދުގައި ހުންނަ ސައިކަލް ޒޯންގައި ކަމަށެވެ.
"ވަޅިޖެހުމުން ބުރައިގެންދިޔަ ލޭ އެބަހުރު އަދިވެސް އެ ސަރަހައްދުގައި. އަޅުގަނޑަކަށް ނުފެނޭ ސީދާ ވަޅި ހެރި މަންޒަރެއް،" އެމީހާ ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެސް ބުނީ ވަޅި ހަރާފައި ވަނީ ބުރަކައްޓަށް ކަމަށް ވިޔަސް އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.
"އެތަން ފަހާފައި [އިރުކޮޅަކުން] ގެޔަށް ދޫކޮށްލާނެ، މިހާރު އެތަން ފެހުމުގެ މަސައްކަތް އެބަކުރޭ،" ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ ހަމަލައާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިރޭ މީހެއްގެ ގަޔަށް ވަޅި ހަރާފައިވަނީ ކ.ކާށިދޫގައި ވަޅި ހަރައި ފުލުހަކު މަރާލައިފައި ވަނިކޮށެވެ. މި އަހަރުތެރޭގައި ގިނަ ބަޔަކަށް ވަޅިން ހަމަލާދީފައިވާއިރު ބައެއް މީހުން ވަނީ އެ ހަމަލާތަކުގައި މަރުވެފަ އެވެ.