26 Jul 2012, 14:18
އިނގިރޭސި ވިލާތުގައި މާދަމާ ފަށާ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރާނެ މީހަކަށް މުހައްމަދު އަޖުފާން ހަމަޖައްސައިފި އެވެ.
ބެޑްމިންޓަންގެ ދުނިޔޭގެ 226ވަނާގައި ހުރި އަޖުފާން އަކީ ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ތާރީހީ ކުޅުންތެރިޔާ އެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަ ކުރަނީ ބެޑްމިންޓަނާއި ސްވިމިން އާއި އެތްލެޓިކްސްގަ އެވެ. ސްވިމިން އާއި އެތްލެޓިކްސްއަކީ ކޮންމެ ގައުމަކަށް ވެސް ވާދަކުރަން ލިބޭ ހަމައެކަނި ދެ އިވެންޓެވެ. މިއިން ކޮންމެ އިވެންޓަކުން ވެސް ދެ ބައިވެރިން ވާދަ ކުރާނެ އެވެ. އެއީ ސްވިމިން އިން ސްވިމިން އިން އަހުމަދު ހުޝާމް، އައިމިނަތު ސަޖަން އަދި އެތުލެޓިކްސް އިން އަހުމަދު އަޒުނީމް އަދި އަފާ އިސްމާއިލް އެވެ.