ހދ. ކުޅުދުއްފުށީގައި މީހަކު އޭނާގެ ކޮއްކޮގެ ޑީވީޑީ ޕްލޭޔަރު ވަގަށް ނަގައިގެން ފިލިތާ އެއް އަހަރު ފަހުން އޭނާ ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށީ، ދޭލިޔާގޭ، މުހައްމަދު ޒަކަރިއްޔާގެ ޑީވީޑީ ޕްލޭޔަރު އޭނާގެ ބޭބެ އާދަމް ޒަކަރިއްޔާ (ފޮޓޯ) ވަގަށް ނަގައިގެން ފިލާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އާދަމް ޒަކަރިއްޔާ ހޯދަން މަސައްކަތް ކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާ އުޅޭތަނެއް އެނގޭ މީހެއްނަމަ ލަސްނުކޮށް ފުލުހުންނަށް އަންގައި ދިނުމަށް އެދޭ ކަމަށެވެ.

ފުލުހުން ބުނީ މާލެއިން ނަމަ އަންގާނީ ފުލުހުންގެ މައި އިދާރާއަށް ކަމަށާއި އަތޮޅުތަކުންނަމަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް ކަމަށެވެ.