މިނިވަން ގައުމަކަށް ބޭނުންވަނީ މިނިވަންކަމަށް ލޯބިކުރާ މިހާރުގެ ދިވެހި ރައްޔިތުންފަދަ ރައްޔިތެއް އެ ގައުމަކަށް މިންވަރުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ބަޔާނެއް ނެރުއްވާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ފަރުދީ މަސަލަސްކަމާއި އިންސާނީ ކަރާމަތް އަބަދަށްޓަކައި ހިފަހައްޓައި ނަގަހައްޓާ ދެމެހެއްޓުމަށް ހިންމަތްކުރާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.

"... ދުނިޔޭގެ ގައުމުތަކުގެ ލިސްޓުގައި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަކީ އަޅުގަނޑުމެންގެ ފަހުރެއް. ހަމައެހެންމެ ގައުމީ މިނިވަންކަމުގެ އެންމެހާ ބަހާތަކުގެ ހަގީގަތްތައް ޖީލުތަކަށްޓަކައި ކަށަވަރުވެ އޮތުމަކީ މިނިވަން ގައުމެއްގެ ލާޒިމް ސިފައެއް،" ނަޝީދުގެ ބަޔާނުގައި ވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މައާފުކުރުމާއި އޯގާތެރިކަމާއިއެކު މުއާމަލާތް ކުރުމަކީ ރައްޔިތަކު އަޅުވެތި ކުރާނެ ސަބަބެއް ކަމުގައި ނުވާނެ ހަގީގީ ސިއްރަކީ އެއީ މާތްވެގެންވާ އިސްލާމްދީން ތަރުހީބު ދޭ އިންސާނިއްޔަތުގެ މަތިވެރި ސުލޫކު ކަމަށްވާތީ ކަމަށެވެ.