25 Aug 2010, 09:51
14:53
ނަމާދު ކުރާނެ ގޮތް ދައްކުވައިދޭ ސީޑީއެއް ޖަމިއްޔަތުލް ސަލަފުގެ ފަރާތުން ނެރޭ ގޮތަށް ނިންމައިފި އެވެ.
ދަރުބާރުގޭގައި ބާއްވާ ހާއްސަ ހަފްލާއެއްގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނެރުމަށް ހަމަޖެހިފައިވާ އެ ސީޑީއާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އައްޝެއިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފަށާފައިވާ އެ ސީޑީ ނެރެން ކުރިން ނިންމާފައި ވަނީ މުލަރޯދަ ދުވަހު ކަމަށެވެ. އެހެން ނަމަވެސް ދިމާވި ތަފާތު ސަބަބުތަކާ ހެދި ފަސްކުރަން ޖެހުނީ ކަމަށް ވެސް ޝެއިޚް ވިދާޅުވި އެވެ. ޝެއިޚް ވިދާޅުވީ އެ ސީޑީގައި ކީރީތި ގުރުއާނާއި ރާސޫލާގެ ސުންނަތާ އެއްގޮތަށް ނަމާދުކުރާނެ އަމަލީ ގޮތް ވީޑިއޯ އިން ދައްކުވައިދީފައިވާނެ ކަމަށެވެ.