ފީފާގެ އެސިސްޓެންޓް ރެފްރީ މުހައްމަދު ފަރީދަށް އަނިޔާވެ ދަނޑުބޭރުގައި ހުންނަން ޖެހިއްޖެ އެވެ.

ހުސްވި އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ރެފްރީ ބުނީ އޭނާގެ ފަޔަށް އަނިޔާވީ ހުސްވި މަހުގެ ތެރޭގައި ރެފްރީންނާއެކު "މަޖަލަކަށް ކުޅެނިކޮށް،" ކަމަށެވެ.

"ދެން ނުކުމެވޭނީ ދުވަސްކޮޅެއް ފަހުން. އެންމެ ފަހުން ބޭއްވި ކޯސް ނިންމާފައި އެއީ އެންމެ ފަހު ދުވަހު ހުރިހާ ރެފްރީން މަޖަލަށް (ފުޓްބޯޅަ) ކުޅުނީ. ކުޅެނިކޮށް ތަދުވީ،" ފަރީދު ބުންޏެވެ.

ފަހަކަށް އައިސް އެންމެ ގިނަ މެޗުތަކުގައި ހާއްސަކޮށް ބޮޑެތި މެޗުތަކަށް އިންސާފު ކުރަމުން އަންނަ ފަރީދު ނެތުމަކީ ބޮޑު ހުސްކަމެކެވެ. އޭނާ އަކީ ރެފްރީ ކަމާއި ރޮނގު ބެލެހެއްޓުން އެއްފެންވަރެއްގައި ކުރާ މަދު ރެފްރީންގެ ތެރެއިން އެކެކެވެ.