ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރަށް ޕާކިސްތާނު ސަރުކާރުން 2011 އަދި 2012 ވަނަ އަހަރުގެ ޗަންދާ ގެގޮތުގައި 26،524 އެމެރިކާ ޑޮލަރުގެ މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޕާކިސްތާންގެ ފަރާތުން އެ ފައިސާގެ ޗެކް ދިވެހި ސަރުކަރާއި ހަވާލުކޮށްދެއްވީ ޕާކިސްތާން ހައިކޮމިޝަނާ ހަވާލުވެވަޑައިގެން ހުންނެވި ޒަފަރު އިގްބާލް އަންޖުމް އެވެ. ޗެކާއި ދިވެހި ސަރުކާރުން ހަވާލުވެވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޯސްޓަލް ޒޯން މެނޭޖްމަންޓް ދާއިރާގައި ހުރި މައްސަލަތަކާއި ދެ ގައުމުގެ ދެމެދުގައި އެ ދާއިރާއިން ކުރާ މަސައްކަތްތަކާއިބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފަ އެވެ.

ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރަކީ ސާކް ސަރަހައްދުގެ އައްސޭރިފަށް ހިންގާ ބެލެހެއްޓުމައް، ސާކްގެ ދަށުން ހިންގާ މައި އިދާރާއެވެ. އެ ސެންޓަރުން ދިރާސާކޮށް މީހުން ތަމްރީން ކުރުމާއި ސާކު ސަރަހައްދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.

ކޯސްޓަލް ޒޯން ތަމްސީލު ކޮށްދެނީ އައްސޭރިފަށް އެކުލެވިގެންވާ ސާކްގެ ފަސް ޤައުމު ކަމުގައިވާ އިންޑިއާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ސްރީލަންކާ އަދި ރާއްޖެ އެވެ. ނޭޕާލާއި އަފްގާނިސްތާނާއި ބޫޓާން ސާކް ކޯސްޓަލް ޒޯންއިން އިސްތިސްނާވެ އެވެ.