25 Aug 2010, 08:42
14:39
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކާ ބަޔަކު މިއަދު މުނިސިޕަލްޓީ ކައިރީގައި ބައްދަލުކުރަމުން ދިޔަ މަންޒަރު ދި ޓީވީން ކެމެރާ ކުރަމުން ދަނިކޮށް ދި ޓީވީގެ ކެމެރާ އާދަމަ މަނިކު ޖަހައިގެންފި ކަމަށް ދި ޓީވީގެ އެޑިޓަރު ވިދާޅުވެއްޖެ އެވެ.
އެޑިޓަރު މިދުހަތު އާދަމް ސަންއެފްއެމް އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަޔަކު މުނިސިޕަލްޓީކައިރީގައި އާދަމް މަނިކާ ބައްދަލުކުރަމުން ދިޔަ މަންޒަރު އެތަނުގެ ކެމެރާމަނަކު ވީޑިއޯ ކުރަމުން ދަނިކޮށް، "އޭނާގެ އަތުގެ އިނގިލިތައް ފެލާލުމަށް ފަހު" މުނިސިޕަލްޓީގެ ރައީސް ކެމެރާ ޖަހައިގަނެގެން އޮފީހަށް ވެންނެވީ ކަމަށެވެ.
ދި ޓީވީގެ ކެމެރާމަން ހުސައިން ނަޖާހު ވެސް ބުނީ އޭނާގެ އަތުގެ އިނގިލިތަކަށް ތަދުވާ ކަމަށާއި އާދަމް މަނިކު ކެމެރާ "ޖަހައިގަތީ" އެހާ ވެސް ހަރުކަށިކޮށް ކަމަށެވެ.
"މުޅި މަދީނާ އަނދިރިވެއްޖެ" މި މައުލޫއުގެ މައްޗަށް އިސްލާމިކް ފައުންޑޭޝަނުން ޝައިހު އިބްރާހީމް ފަރީދު ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ދެއްވާ ދަރުސުގެ ބެނާތައް މާލޭ މުނިސިޕަލްޓީން ނަގާ ކަމަށް ބުނެ، އެ ފައުންޑޭޝަނުގެ ބަޔަކު އާދަމް މަނިކާ ބައްދަލު ކުރި މަންޒަރު ވީޑިއޯ ކުރަނިކޮށް، ކެމެރާ ޖަހައިގަނެވުނީ ކޯފާގަދަވެން ކަމަށާއި އަދި އެ ކެމެރާމަނާއި ދިޓީވީގެ ފަރާތުން މައާފަށް އެދޭ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުށްކުރެވެނީ އިންސާނުންނަށް ކަމަށާއި ރޯދަ މަހު "ކޮންޓްރޯލުން" ނެއްޓީ ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ ދި ޓީވީގެ ކެމެރާމަން ވީޑިއޯ ކުރީ ސިޑި ދަށުގައި އޮވެގެން ކަމަށެވެ. ނަމަވެސް ދި ޓީވީގެ އެޑިޓަރު ވިދާޅުވީ ކެމެރާކޮށްފައި ވާނީ މުނިސިޕަލްޓީގެ ދޮރުމަތީން ކަމަށާއި އެއީ ޕަބްލިކް އޭރިއާއެއް ކަމަށެވެ.
އެ ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް ފުލުހުންގެ ހާޒިރުގައި ދި ޓީވީގެ ކެމެރާ ވަނީ ހަވާލުކޮށްފަ އެވެ.
14:02
އާދަމް މަނިކު މާފަށް އެދިވަޑައިގެންފި އެވެ.
13:40
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ދި ޓީވީގެ ކެމެރާއެއް ޖަހައިގެންފި ކަމަށް ދި ޓީވީން ދެންމެ ބުނެފި އެވެ. އަދި އެގޮތަށް އެކަން ހިނގާފައިވާ ކަމަށް އާދަމް މަނިކު ވެސް ސަންއެފްއެމް އޮންލައިނަށް ޔަގީންކޮށްދެއްވި އެވެ. --- ތަފުސީލު އަންނަނީ