24 Jul 2012, 15:02
ރެފްރީ އަހުމަދު އަމީޒް މިއަހަރުގެ އެއްވެސް މެޗަކުން މިހާތަނަށް ނުފެންނަނީ އިންޖަރީގައި ހުރުމުން ކަމަށް އޭނާ މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ތިން ފަހަރު ހޯދާފައިވާ އަމީޒުގެ ފަޔަށް އަނިޔާވީ ރާއްޖޭން ބޭރުގައި ރެފްރީކަން ކުރަނިކޮށެވެ.
"މި ބްރޭކްގެ (ރޯދައިގެ) ފަހުން ދެން ނުކުމޭނީ. އަދި ކިރިޔާ މިހާރު ދުވަން މިނުކުމެވުނީ. ފަޔަށް ވަރަށް ބޮޑަށް ތަދުވާތީ ނުފެނި ދިޔައީ،" އަމީޒް ބުންޏެވެ.
އޭނާ އަކީ މިވަގުތު ފަލޮޅު ދަނޑަށް ނުކުންނަ އެންމެ ތަޖުރިބާކާރު ދެ ރެފްރީންގެ ތެރެއިން އެކެކެވެ. އަމީޒަކީ ފީފާގެ އެސިސްޓެންޓް ރެފްރީ އެކެވެ. ނަމަވެސް އިތުބާރާއެކު ރެފްރީކަން ކުރާ މަދު ރެފްރީންގެ ތެރެއިން އެކެކެވެ.