22 Apr 2025, 10:34
މި އަހަރުގެ ފުރަތަމަ ތިން މަަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ހާހަކަށްވުރެ ގިނަ އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ވަނީ ޖެނުއަރީ އެކަކުން މާޗު 31އަށް ހިނގައިފައިވާ އެކްސިޑެންޓުތަކުގެ ތަފާސް ހިސާބު މިއަދު ހާމަކޮށްފައެވެ. އެ ހިސާބުތަކުގައިވާ ގޮތުން ޖުމްލަ 1،068 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ.
އޭގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގައިފައިވަނީ މާލޭގައެވެ.
މާލެ ސިޓީ:ޖުމްލަ 561 އެކްސިޑެންޓު
ޖެނުއަރީ، 152 އެކްސިޑެންޓު
- ފެބްރުއަރީ، 216 އެކްސިޑެންޓު
- މާޗު، 193 އެކްސިޑެންޓު
މި މުއްދަތުގައި ހުޅުމާލެ ފޭސް އެކެއްގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައެއް ނުވެއެވެ.
ހުޅުމާލެ ފޭސް ދޭއް:ޖުމްލަ 454 އެކްސިޑެންޓު
ޖެނުއަރީ، 145 އެކްސިޑެންޓު
- ފެބްރުއަރީ، 169 އެކްސިޑެންޓު
- މާޗު، 140 އެކްސިޑެންޓު
ޖުމްލަ 454 އެކްސިޑެންޓު ހިނގިއިރު، ވަރަށް ބޮޑަށް އަނިޔާވި އެއް އެކްސިޑެންޓު ފެބްރުއަރީ މަހު ވަނީ ހިނގައިފައެވެ.
ވިލިމާލެ:ޖުމްލަ ހަތަރު އެކްސިޑެންޓު
ޖެނުއަރީ، ދެ އެކްސިޑެންޓު
- ފެބްރުއަރީ، އެއް އެކްސިޑެންޓު
- މާޗު، އެއް އެކްސިޑެންޓު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ޖުމްލަ 49 އެކްސިޑެންޓު
ޖެނުއަރީ، 19 އެކްސިޑެންޓު
- ފެބްރުއަރީ، 12 އެކްސިޑެންޓު
- މާޗު، 18 އެކްސިޑެންޓު
ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭ ހަމައެކަނި މާލޭ ސަރަހައްދުގައި ހިނގި ޖުމްލަ އެކްސިޑެންޓުތަކުގެ އަދަދު 1،068 އަށް އެރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ފުލުހުންނަށް މުޅި ޖުމްލަ ރިޕޯޓުކުރީ 831 އެކްސިޑެންޓެވެ.
މިދިޔަ އަހަރު ޖުމްލަ 2،886 އެކްސިޑެންޓު ފުލުހަށް ރިޕޯޓުކުރިއެވެ.