މި ރޯދަ މަހު އެންމެ އަގު ހެޔޮކޮށް ތަކެތި ވިއްކާ ފިހާރައިގެ ގޮތުގައި އެސްޓީއޯ ސްޕަމާކެޓާއި ރެޑްވޭވް ފިހާރަ ހިމެނިއްޖެ އެވެ.

އެކޮނޮމިކް މިނިސްޓްރީން ހިންގާ އެންމެ އަގު ހެޔޮ ފިހާރަ ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ އެންމެ ދެ ފިހާރަ އެވެ. އެއީ އެސްޓީއޯ ސްޕަމާކެޓާއި ރެޑްވޭވެ އެވެ.

ރޯދަމަހަށް ހާއްސަކޮށްގެން އެކޮނޮމިކް މިނިސްޓްރީން އެންމެ އަގު ހެޔޮ ފިހާރައިގެ ނަމުގައި އެ ދުވަހު ބާޒާރުގެ އެންމެ އަގު ހެޔޮ ކޮށް ބާޒާރުގައި އެއްޗިހި ވިއްކާ ފިހާރައިގެ ނަން އެ މިނިސްޓްރީގެ ވެބް ސައިޓާއި އަދި ޓީވީއެމް މެދުވެރިކޮށް އާންމު ކުރަމުންނެވެ. އެންމެ އަގު ހެޔޮ ފިހާރައިގައި ބައިވެރި ވުމުގެ ފުރުސަތު ހުރިހާ ފިހާރަތަކަށްވެސް ވަނީ ހުޅުވާލައިފަ އެވެ.

އެންމެ އަގު ހެޔޮ ފިހާރައިގެ ހިސާބުތަކުން ދައްކާ ގޮތުން އެސްޓީއޯ ސްޕަމާކެޓާއި އަދި ރެޑްވޭވް ގައި އެހެން ފިހާރަތަކާ އަޅާބަލާއިރު 10 ޕަސެންޓް އަގުހެވެ އެވެ. އެ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ ހަވާދު، ފިނިކުރި އެއްގަމު މަސް އަދިވެސް ޖޫހުގެ އެކި ބާވްތައް ހިމެނެ އެވެ. އެގޮތުން 45ރ. ބާޒާރުގައި ހުރި ފިނި ކުރި ކުކުޅެއްގެ އަގު 38ރ. ގަ އެވެ. އަދި ބާޒާރުގައި 20ރ. އަށް ހުރި ސޮސެޖް ޕެކެޓެއް ހުރީ 17ރ. ގަ އެވެ.