23 Jul 2012, 16:35
ފެބްރުއަރީ ހަތްވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމާއި ގުޅިގެން ބައެއް މީހުން މިހާރުގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމަށް ފޮނުވާފަހުރި މެސެޖްތަކެއް ކަމަށް ބުނާ މެސެޖްތަކެއް އެމްޑީޕީން ލީކްކޮށްލައިފި އެވެ.
އެމްޑީޕީން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި ލީކްކޮށްލި އެ މެސެޖްތަކުގައިވަނީ ވެރިކަން ބަދަލުވި ދުވަހު ބައެއް މީހުން ނާޒިމްއަށް މަރުހަބާ ދައްނަވާފައިވާ މެޖެސެޖުތަކެކެވެ.
އަދި އެ މެސެޖްތަކުގައި ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް އަވަހަށް ވާހަކަފުޅު ދައްކާލަން ބޭނުންފުޅު ވާކަމަށް ވިދާޅުވާ މެސެޖަކާއި ބައެއް ސިފައިންގެ އިސްވެރިންނާއި ބައެއް ދިވެހި ވިޔަފާރި ކުންފުނިތަކުން ނާޒިމަށް މަރުހަބާ ދައްނަވާ ނާޒިމާއޮ ދޭތެރޭ ފަހުރުވެރިވާކަމަށް ބުނާ މެސެޖްތަކެއް ހިމެނެއެވެ. އަދި އެމެސެޖްތައް ނާޒިމްއަށް ފޮނުވާފައިވާކަމަށް ބުނާ ގަޑިތަށް ވެސް އެޕާޓިން ވަނީ މެސެޖްތަކާއެކު ލީކް ކޮށްފަ އެވެ.
ޝާހިދުގެ އެސްއެމްއެސްގައި ވިދާޅުވެފައިވަނީ "ނީޑް ޓް ޓޯކް ވެރީ އާޖެންޓްލީ [ވަރަށް އަވަހަށް ވާހަކަ ދައްކާލަން ބޭނުން]" ކަމަށެވެ.
އުސް ފަސްގަނޑަށް އެއްވި އާންމުންނަށްމެސެޓްތައް ހާމަކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ ފެނިގެންދިޔަ މެސެޖްތަކުން ވެސް ކަންކަން ހިނގުމުގައި ވަރަށް ބޮޑެތި ކަންކަން ހިނގާފައިވާ ކަން އެގޭކަމަށާއި އަދި އިތުރު މެސެޖްތަކެއް މިރޭ އާންމުނާއި ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ ރައީސް އެއްވެސް މަގާމެއް ލިބިފައިނުވާ ބޭފުޅަކަށް ގުޅަންޖެހޭ ސަބަބުވެސް މިއަދު އަޅުގަނޑުމެން އެންމެން އަހަންޖެހޭ ބޮޑު ސުވާލެއް މީ ކޯނީގައިވެސް އަހަންޖެހޭ ސުވާލެއް މީ" ޝިފާ މުހައްމަދު ވިދާޅުވި އެވެ.
މެސެޖްތަކާބެހޭ ގޮތުން ޑިފެންސް މިނިސްޓަ ނާޒިމް ވިދާޅުވީ އޭނާގެ ގާނޫނީ ޓީމުން އެކަން ދިރާސާކުރަމުން ގެންދާ ކަމަށާއި އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވަނީ އޭރުން ކަމަށެވެ.