22 Jul 2012, 22:26
ރޯދަމަހަށް އަމާޒުކޮށް ވަތަނިއްޔާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ވަތަނިއްޔާ ރަމަޒާން މުބާރިކް" ޕްރޮމޯޝަންތައް ބޮޑެތި އިނާމްތަކާއެކު ފަށައިފި އެވެ.
މިފަހަރު ރޯދަމަހަށް ވަތަނިއްޔާއިން ހާއްސަކޮށްފައިވާ ޕްރޮމޯޝަން ތަކުގެ ތެރެއިން "އައިޑީޑީ ޕުރޮމޯޝަން" ގައި ރާއްޖެއިން ބޭރަށް ގުޅަން ޗާޖް ކުރާނީ މިނެޓަކަށް 99 ލ. އެވެ. އަދި އެކުންފުނިން ފުރަތަމަ ފަހަރަށް ތައާރަފުކުރި "2 ޖީ މޯބައިލް ޕެކޭޖް" 179ރ. ލިބެ އެވެ. ވަތަނިއްޔާއިން ބުނީ އެހިދުމަތް ބޭނުންވާ ފަރާތްތަކުން go ޖެހުމަށްފަހު 4804 އަށް މެސެޖްކުރުމުން ހިދުމަތް ލިބޭނެ ކަމަށެވެ.
ވަތަނިއްޔާއިން ޕްރޮމޯޝަންތަކުގެ ތެރޭގައި "ޑަބްލިއު މޯޑެމްއެއް އެންމެ 599 ރުފިޔާއަށް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުން ގައި 3g+ ނެޓްވޯކް މެދުވެރިކޮށް ބްރޯޑް ބޭންޑް އިންޓަނެޓް ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ޑަބްލިއު މޯޑެމްއެއް 599ރ. އަށް ލިބެ އެވެ. އަދި "ޕްރިޕެއިޑް ބުރޯޑްބޭންޑް 199އާއެކު ހިލޭ 200 މެގަބައިޓް" ޕުރޮމޯޝަންގެ ދަށުން ވަތަނިއްޔާ ޕްރިޕެއިޑް ބުރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށް 199ރ. އަށް ލިބޭ ޕެކޭޖް ސަބުސްކުރައިބް ކުރުމުން އިތުރަށް 200 މެގަބައިޓް ހިލޭ ލިބެ އެވެ.
ވަތަނިއްޔާއިން ރޯދަ މަހު ކުރިއަށްގެންދާ މުބާރާތްތަކުގެ ތެރެއިން "ވަތަނިއްޔާ ރޯދަ ކްއިޒް" ގައި ބައިވެރިވެ، އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް އެކުންފުނިން ވަނީ ތަނަވަސްކޮށްދީފަ އެވެ. އެގޮތުން ކްއިޒު މުބާރަތުން އެއް ވަނައަށް ހޯދާ ފަރާތަކަށް އީގޯ ފަރުނީޗާއިން ހުށައަޅަފައިވާ 30000ރ. ބެޑްރޫމް ސެޓެއް ދެ އެވެ. ދެ ވަނައަށްދާ ފަރާތަކަށް އައިޕެޑެއް ދެ އެވެ. ތިން ވަނައަށް އައި ފޯން ފޯއެސް އެއް ދެއެވެ. ކުއިޒް ގައި ބައިވެރިވުމަށް wq ހުސްތަންކޮޅެއް ދޫކުރުމަށްފަހު 4480 އަށް މެސެޖްކުރުމުން އެފުރުސަތު ލިބެ އެވެ.
ވަތަނިއްޔާ "މަސްރޭސް ކުއިޒް"ގެ ނަމުގައި ކުރިއަށްގެންދާ 60 ސުވާލު ހިމެނޭ ކުއިޒްން އެއްވަނަ ހޯދާ ފަރާތަކަށް ހަސަން މެރިން އިންޖީނިއަރިން ސޮލިއުޗަންއިން ހުށައަޅާފައިވާ 180،000ރ ގެ މާކިއުރީ އައުޓްބޯޓް އިންޖީނެއް ލިބެ އެވެ.
ވަތަނިއްޔާއިން ބުނީ "މަސްރޭސް ފޮޓޯގްރެފީ މުބާރާތް" ގެ ނަމުގައި މިއަހަރުގެ ރޯދަމަހުގެ އިންސްޓާގުރާމް މެދުވެރިކޮށް ފޮޓޯ ފޭސްބުކާއި ޓުވިޓާގައި އަޕްލޯޑްކޮށްގެން އެއްވަނަ ހޯދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް ތްރީ ފޯނަކާއި ވަތަނިއްޔާ ޕޯސްޓްޕެއިޑް 600 އިގެ ޕެކެޖެއް ދޭނެ ކަމަށާއި ދެވަނައަށްދާ ފަރާތަކަށް ބުލެކްބެރީ ބޯލްޑް ފޯނަކާއި ބުލެކްބެރީ ލައިޓް ޕެކޭޖެއް ދޭނެ ކަމަށެވެ. އަދި ތިން ވަނަ ހޯދާ ފަރާތަކަށް ބްލެކްބެރީ ޓޯޗް ފޯނަކާއި ބްލެކްބެރީ ލައިޓް ޕެކޭޖެއް ދޭނެ ކަމަށެވެ. އެމުބާރާތުން ވަނަ ވަނައަށްދާ ފަރާތްތަށް ހޮވަން ހަމަޖެހިފައި ވަނީ އަޕްލޯޑް ކުރާ ފޮޓޯއެއް ރީޓްވީޓް ކުރާ އަދަދާއި އެ ފޮޓޯއަކަށް ލިބޭ ލައިކްސްގެ އަދަދަށް ބަލައިގެންނެވެ.
މިފަހަރު ރޯދަ މަހު 50ރ. ހޭދަކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ވަތަނިއްޔާގެ ކަސްޓަމަރުނަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ރާއްޖޭގެ ނަންބަރުތަކަށް ކުރާ ކޯލްތަކަށް 50ރ. ހަރަދުކޮށްގެން އަގުހުރި އިނާމްތަކެއް ލިބޭނެ ކަމަށާއި ލިބޭ އިނާމްތަކުގެ ތެރޭގައި ސެމްސަންގް ގެލެކްސީ އެސް ތްރީ ފޯނަކާއި އެޗްޑީ ޓީވީއަކާއި މެލޭޝިޔާ ދެކޮޅު ޓިކެޓްގެ އިތުރުން ޑިޖިޓަލް ގުރުއާންގެ އިތުރުން އަގުހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވަތަނިއްޔާއިން ބުންޏެވެ.