ރޯދަމަހަށް އަމާޒުކޮށް އެސްޓީއޯ އިން ރޮބާޓް ރަމަޒާންގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވި ޕްރޮމޯޝަންގައި ކަސްޓަމަރުން ގަންނަ ކޮންމެ ރޮބާޓް ދަޅަކާއެކު ރޯދަ މަހުގެ އިމްސާކިއްޔާއަކާއި ކޫޕަނެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް އެސްޓީއޯ ސުޕަމާކެޓުން 1500ރ. ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯގެ އޮފިޝަލު ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށްގެންދާނީ އެސްޓީއޯގެ ހުރިހާ ރީޖަނަލް ސްޓޯރުތަކާއި އެސްޓީއޯ ސުޕަމާކެޓުގައި ކަމަށެވެ. އަދި ވިދާޅުވީ ޕްރޮމޯޝަން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރާ ހަމައަށް އޮންނާނެ ކަމަށެވެ.

ރޮބާޓް ބްރޭންޑަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ބާވަތެކެވެ.