ތިން ސަތޭކައަށް ވުރެ ގިނަ ދަރިވަރުންނާ އެއްކޮށް، މިމަހު 24ގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުން ބާއްވަން ނިންމައިފިއެވެ.

މި ދަސްވެނިވުމުގައި ޖުމުލަ 349 ދަރިވަރުން ދަސްވެނިވާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

މި ދަސްވެނިވުން ބާއްވާނީ ތިން ސެޝަނަކަށް ބަހާލައިގެން އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ. އެގޮތުން،

ސެޝަން އެކެއް:

  • ސްކޫލް އޮފް ނާސިން (ބެޗެލާސް)ގެ 101 ދަރިވަރުން

  • ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން
  • ފެކަލްޓީ އޮފް އާޓްސްގެ 26 ދަރިވަރުން
  • ފެކަލްޓީ އޮފް އެކިއުކޭޝަންގެ 62 ދަރިވަރުން

ސެޝަން ދޭއް:

  • ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ އަށް ދަރިވަރުން

  • ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ 18 ދަރިވަރުން

ސެޝަން ތިނެއް:

  • ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ ތިން ދަރިވަރުން

  • އެމްއެންޔޫ ބިޒްނަސް ސުކޫލްގެ 44 ދަރިވަރުން
  • ސްކޫލް އޮފް ނާސިން (މާސްޓާސް)ގެ 17 ދަރިވަރުން