22 Jul 2012, 11:32
ޅ. ކުރެންދޫގައި މަސްވެރިކަން ކުރާ ދޯންޏެއް އެ ރަށު ފަޅުގައި އޮއްވާ އަޑިއަށް ހިނގައްޖެ އެވެ.
އެމްއެމްޑީއެފް އިން ބުނީ ކުރެންދޫ ފަޅުގައި އޮއްވާ ހުކުރު ދުވަހުގެ ރޭ ދަންވަރު އަޑިޔަށް ދިޔައީ އދ. އޮމަދޫ މީހެއްގެ ދޯންޏެއް ކަމަށާއި އެދޯނި އަޑިޔަށް ދިޔައީ އުނގުރިތައް ނެއްޓި ކޯންޓްރޯލްނުވާ ވަރަށް ދިޔަވެގެން ކަމަށެވެ.
މަސްވެރިކަމަށް ބޭނުން ކުރަމުން އައި ދޯނި އަޑިއަށް ދިޔަކަން ސިފައިންނަށް އެނގުނީ ކުރެންދޫ ކައުންސިލުން އެކަން އެންގުމުންނެވެ. ސިފައިންނާއި ކުރެންދޫ ރައްޔިތުން ގުޅިގެން އެ ދޯނި ފެން މައްޗަށް ނެގުމުގެ މަސައްކަތް ކުރީ އިއްޔެ މެންދުރު ފަހު އެވެ.
މަގުސަދު ނަމަކަށް ކިޔާ އެ ދޯނި އަޑިޔަށްދިޔައީ މަރާމާތު ކުރުމަށް އޮމަދުއަށް ގެންދަން ތައްޔާރުކޮށްފައި ވަނިކޮށެވެ. ދޯންޏާބެހޭ އިތުރު މައުލޫމާތު ސާފުވާގޮތެއް ނުވި އެވެ.