21 Jul 2012, 16:13
ހދ. ނެއްލައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ނެއްލައިދޫ ބައި އިލެކްޝަން އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެއްލައިދޫ ބައި އިލެކްޝަން އިއުލާން ކުރުމަށް ފަހު އެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އެކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.
އިންތިހާބުކުރުމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމައިން ފެށިގެން އަންނަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
ނެއްލައިދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ކައުންސިލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.