21 Jul 2012, 15:22
ޓީމުދޫކޮށްދާން ބޭނުންވެފައި ހުރި ފޯވަޑް ހޮލެންޑްގެ ރޮބިން ވޭންޕާސީގެ ބަދަލުގައި ސްޕޭނުގެ ފެނާންޑޯ ލޮރަންޓޯ ގެނައުމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބަލަން ފަށައފި އެވެ.
އަށާވީސް އަހަރުގެ އެތްލެޓިކޯ ވިލްބާއޯގެ ފޯވަޑް ވިއްކާލަން ޖެހޭ އަގެއް ކަަމަށް އޭނާގެ ކޮންޓްރެކްޓްގައި ވަނީ 28 މިލިއަން ޕައުންޑެވެ. މިހެންވެ ވެންޕާސީ ބޮޑު އަގުގައި ވިއްކާލަން ވެންގާ ވަނީ ކުރިއަށްވުރެ ބޮޑަށް ބާރުއަޅަން ފަށައިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި އިޓަލީގެ ޔުވެންޓަސް އިން ވެންޕާސީ ގަތުމަށް މިހާރު ކިޔާ އަގަކީ 15 މިލިއަން ޕައުންޑެވެ. ޓީމު ދޫކޮށްދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ވެންޕާސީ ވަނީ އާސެނަލް ޕްރީސީޒަނުގައި މެލޭޝިޔާ އަށް ކުރާ ދަތުރުގައި ވެސް ބައިވެރިވާން ބޭނުންނޫން ކަމަށް ބުނެފަ އެވެ.
ލޮރަންޓޯ ވަނީ ހުސްވި ސީޒަނުގައި ބިލްބާއޯ އަށް 28 ގޯލު ޖަހައިދީފަ އެވެ. ޔޫރޯ ކާމިޔާބުކުރި ސްޕޭން ޓީމުގެ ބެންޗުގައިއިން ހަ ފޫޓް، ފަސް އިންޗްގެ ފޯވަޑަކީ ޔޫރޯ ކޮލިފައިންގައި ވެސް ސްޕޭން ޓީމަށް ގިނަ ގޯލުތަކެއް ޖަހައިދިން ފޯވަޑެކެވެ.
ލޮރަންޓޯގެ އިތުރުން ބޮރޫޝިޔާ ޑޯޑްމުންޑްގެ ޕޮލެންޑްގެ ރޮބްޓް ލެވޮންޑްވްސްކީ އާއި ފިއޮރެންޓީނާގެ ސްޓެވޮން ޖެވޮޓިކްއަކީ ވެސް ވެންގާގެ ލޯ އަމާޒުވެފައިވާ ކުޅުންތެރިންނެވެ.