21 Jul 2012, 14:48
ރޯދަ މަހު ކުޅޭ ވެޓަރަންސް ފުޓްބޯޅަ މުބާރާތް ފަށާ މެޗުގައި މާދަމާ ނިއު ރޭޑިއަންޓާއި އެމްެއެންޑީއެފް ވާދަކުރަން ހަމަޖެހިއްޖެ އެވެ.
ޖުމުލަ ހަތް ޓީމު ވާދަ ކުރާ މުބާރާތުގައި މި ފަހަރު ވާދަ ކުރަނީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ވެލެންސިއާ އާއި ރަނަރަބް ވިކްޓަރީ އަދި މާޒިޔާ އާއި އީގަލްސްގެ އިތުރުން އޭވައިއެލް އެވެ. މީގެ ތެރެއިން ޗެމްޕިއަން ވެލެންސިއާގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ކުޅޭނީ ވިކްޓަރީއާ ދެކޮޅަށެވެ.
މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ އަށްދާ ގޮތަށެވެެ.
ތިރީސް ފަސް އަހަރުން މަތީގެ ކުރީގެ ކުޅުންތެރިން ކުޅޭ މުބާރާތުގައި މިި ފަހަރުގެ ފުރަތަމަ 11ގައި އެއްފަހަރާ ކުޅެން ނުކުމެވޭނީ 35 އަހަރާއި 40 އަހަރާ ދެމެދުގެ ހަތަރު ކުޅުންތެރިންނަށެވެ.
މި މުބާރާތުގައި ކުރީގެ މޮޅު ކުޅުންތެރިންކަމަށްވާ މޫސާ މަނިކު (ކުޑަމޫސަ) އާއި މުހައްމަދު ކަލީމް އަދި އިބްރާހީމް ރަޝީދު (އަންދަރޭ) އާއި ވެލެންސިއާގެ އިސްމާއީލް އާސިފް (ކުޑަހީނާ) އާއި ތޮއްޑޫ މުހައްމަދު ނިޒާމް ޝާހު އިސްމާއީލާއި އާދަމް އަބުދުއްލަތީފް (ލައްޗޭ) ނަޒީހް ފަދަ ކުޅުންތެރިން ފެނިގެންދާނެ އެވެ.