މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިޔާގެ ފޯވާޑް ޑިމިޓާ ބާބަޓޯވް، އޭސީ މިލާނާ ގުޅިއްޖެ ނަމަ އެކުލަބުން އޭނާ އަށް ފުރުސަތު ލިބޭނެ ކަމަށް ބާބަޓޯވްގެ އެޖެންޓް ބުނެފި އެވެ.

ބާބަޓޯވްގެ އެޖެންޓާ ހަވާލާދީ އިއްޔެ އިނގިރޭސި މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، އުމުރުން 31 އަހަރުގެ ބާބަޓޯވް ޔުނައިޓެޑް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާކަން މިދިޔަ ސީޒަންގައި ވެސް ހާމަކޮށްފައިވާ ކަމަށާއި އެހެން ކަމުން މިސީޒަންގައި އޭނާ ފެނުން އެންމެ ގާތީ އޭސީ މިލާނުން ކަމަށެވެ.

ބާބަޓޯވް އެސީ މިލާނާ ގުޅޭނެ ކަމުގެ ހަބަރުތައް މީޑިޔާގައި ފެތުރިފައިމިވާ ދަނޑި ވަޅުގައި، މިދިޔަ ސީޒަންގައި ޔުނައިޓެޑްއާ އެކު ބާބަޓޯވްގެ ކުޅުން ފެނިފައި ވަނީ އެންމެ ފަސް މެޗުގައި އެކަނި ކަންވެސް ފާހަގަ ކޮސްލަންޖެހެ އެވެ.


ލޯނުގެ ދަށުން ބާބަޓޯވް ދޫކޮށްލަން ޔުނައިޓެޑްއިން ނިންމި ނަމަވެސް ފަސް މިލިޔަން ޕައުންޑްގެ އަގަކަށް ބަލްގޭރިއާ ފޯވާޑް އެއްކޮށް ދޫކޮށްލުމަށް ޔުނައިޓެޑުން އެއްބަސްވާނެކަމުގައި ރިޕޯޓްތަކުން ބުނަމުންދެއެވެ.

މީގެ ކުރިން ވެސް ޔުނައިޓެޑަށް ބާބަޓޯވް ހޯދުމަށް އެކި ކްލަބްތަކުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް އެކްލަބުންވަނީ އެހުށަހެޅުންތައް ދޫކޮށްލައިފަ އެވެ.

އޭސީ މިލާނަށް މިވަތުގު ވަނީ ފޯވާޑުން ނެތުމުގެ މައްސަލަތަކާ ކުރިމަތި ލާންކެޖިފަ އެވެ. އެހެން ކަމުން މިދަނޑިވަޅުގައި ބާބަޓޯވް އަށް އޭސީ މިލާނުން ފުރުސަތު އޮތް ކަމަށް ދެކެވޭ ވާހަކަތައް ދެތަކަށް ވުން އެއީ ވާރަށް ގާތް ކަމެއް ކަމަށް ވެސް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.