21 Jul 2012, 13:17
ނ. އަތޮޅުގައި ޑެންގޫ އަށް ޕޮޒިޓިވްވި ކުއްޖަކާއި ހާލު ދެރަވި އިތުރު ތުއްތު ކުއްޖަކު އެމްއެންޑީއެފުން މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ހާލުދެރަ ދެ ކުޑަކުއްޖަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން މާލެ ގެނައީ ރޭ 10 ޖަހާކަންހާއިރު ކަމަށެވެ. އަދި މާލެ ގެނައި ދެކުދިންގެ ތެރޭ ޅޮހީ މީހަކު ވިހެއި ތުއްތު ކުއްޖަކާއި ޑެންގޫއަށް ޕޮޒިޓިވްވި ތިން އަހަރުގެ ކުއްޖަކު ހިމެނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ކުދިން މާލެ ގެނެސްފައި ވަނީ ހާލުގޯސްވެ، އަވަސް ފަރުވާ ދިނުމަށް މާލެ ގެނެސްދިނުމަށް އަތޮޅު ކައުންސިލް އިދާރާ އިން ސިފައިންގެ އެހީތެރި ކަމަށް އެދުމާއި ގުޅިގެންނެވެ. އެ ދެ ކުދިންނަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.