21 Jul 2012, 12:20
އޭސީ މިލާންގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ކުޅުމަށް އެއްބަސްވެ ސޮއި ކޮށްފި އެވެ. އޭނާ ޕީއެސްޖީއަށް ކުޅުމަށް ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތައްކަމަށް އެކުލަބުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީއާއި އިބްރަހިމޮވިޗް ގުޅުމުން އޭނާއަށް އެކްލަބުން އަހަރަކު 13 މިލިޔަން ޕައުންޑް ދޭނެކަމަށް ބެލެވެ އެވެ.
އިބްރަހިމޮވިޗްގެ އިތުރުން އޭސީ މިލާންގެ ޑިފެންޑަރު ތިއާގޯ ސިލްވާވެސް ވަނީ މިދިޔަ ހަފްތާގައި ޕީއެސްޖީއާއި ގުޅިފަ އެވެ.
އޭސީ މިލާންގެ ދެކުޅުންތެރިންކަމަށްވާ އިބްރަހިމޮވިޗްއާއި ތިއާގޯ ސިލްވާގެ އިތުރުން އިޓަލީގެ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު މާކޯ ވެރާޓީވެސް ވަނީ ޕީއެސްޖީއާއި ގުޅިފަ އެވެ. އެގޮތުން އޭނާ ޕީއެސްޖީއާއި ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.