25 Mar 2025, 12:16
އަންނަ މަހު 12ގައި ޕެންޝަން އޮފީހުން "ތްރީ ޖެން ވޯކުާ" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
އެ އޮފީހުން ބުނީ، އެ ހިނގާލުން އޮންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.
ކުޑަކުދީންނާއި މައިންބައިފައިންނާއި އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ މި ހަރަކާތުގައި ހިނގާލުމަކާއި ސްޓޯލް ހަރަކާތުގެ އިތުރަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން އެ އޮފީހުން ވަނީ ރާވާފައެވެ.
މި ހަރަކާތަކީ ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކާ އެއްކޮށް އުފާވެރި މާހައުލެެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީގެން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
މި ހިނގާލުމުގައިhttps://3genwalk.pension.gov.mv/މެދުވެރިކޮށް ރަޖިސްޓްރީކޮށްލެވޭނެއެވެ.