އދ. މަޖިލިސް (ޖުލައި 20): ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދޭ ޤަރާރެއް ދެލިކޮޕީ އަށް ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމުން ޗައިނާއާއި ރަޝިޔާ އިން އެޤަރާރާ ދެކޮޅަށް ވީޓޯކޮށް އެޤަރާރު ފެންކޮށްލުމުން އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ރުޅިގަދަވެ އެ ދެ ޤައުމަށް ފާޑުކިޔައިފި އެވެ.

އެމެރިކާގެ މަންދޫބާ ސޫޒަން ރައިސް ވިދާޅުވީ ރަޝިޔާ އާއި ޗައިނާގެ ވީޓޯއަކީ ބޮމެއް ފަދަ އެއްޗެއް ކަމަށާއި އެކަމުގެ ސަބަބުން ސޫރިޔާގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމުގަ އެވެ. އިނގިރޭސިވިލާތުގެ މަންދޫބު މާކް ލަޔާލް ވިދާޅުވީ ސޫރިޔާއާ އިދިކޮޅު ކޮންމެ ޤަރާރެއް ރަޝިޔާ އާއި ޗައިނާ ވީޓޯކުުރުމުންދާ ކަމަށާ މިއީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް މާޔޫސްކަން ލިބިދޭކަމެއް ކަމުގަ އެވެ. ފަރަންސޭސި މަންދޫބު ވިދާޅުވީ ވީޓޯގެ ބާރުބޭނުންކުރަމުން ރަޝިޔާގެ މަންދޫބު ވިދާޅުވީ ރަޝިޔާއާއި ޗައިނާ ވީޓޯގެ ސަބަބުން އދ.ގެ މަންދޫބު ކޯފީއަނާންގެ މަސައްކަތް ނާކާމިޔާބުވުމަށް މަގުފަހިވެއްޖެކަމުގަ އެވެ.
އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން 10 ދުވަހުގެ ތެރޭގައި ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ މިޤަރާރުގެ ދެލިކޮޕީ ތައްޔާރުކޮށް ހުށަހެޅީ ހުޅަނގުގެ ބާރުތަކުންނެވެ. މިޤަރާރާ ދެކޮޅަށް ވީޓޯކުރަމުން ރަޝިޔާގެ މަންދޫބު ވިތާލީ ޗޯކިން ވިދާޅުވީ މިއީ ވަރަށް ބޮޑަށް ވަކިއަތަކަށް ޖެހި އިންސާފުން އެއްކިބާވެފައިވާ ޤަރާރެއް ކަމަށާއި މިއީ ޖެނީވާ ކޮންވެންޝަނާ ވެސް ޚިލާފް ޤަރާރެއް ކަމުގަ އެވެ. ޗައިނާގެ މަންދޫބު ވެސްނވަނީ މިފަދަ މޭރުމަކުން މިޤަރާރާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. (އަލްޢާލަމް)