އއ. މަތިވެރީގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް އެރަށުގައި ފުލުހުންގެ މަރުކަޒެއް ހުޅުވައިފި އެވެ.

މަތިވެރީގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި މަތިވެރީ ޕޮލިސް ސްޓޭޝަން ރަސްމީގޮތުން ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް ޑރ. މުހައްމަދު ޖަމީލު އަހުމަދު އާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ.

މަތިވެރީގައި ފުލުހުންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް މަތިވެރިވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފަ އެވެ. މިރަސްމިއްޔާތުގައި މަތިވެރީގެ ކުދި ބޮޑު އެންމެންނާއި އަތޮޅުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ވަނީ ބައިވެރި ވެފަ އެވެ.

ފުލުހުން ބުނީ މަތިވެރީގައި ގާއިމްކުރި ފުުލުހުންގެ މަރުކަޒަކީ އެރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ފުލުހުންނާއި ހަވާލުކޮށްފައިވާ އިމާރާތެއް ކަމަށެވެ.