24 Aug 2010, 09:12
15:40
މާލޭގައި 18 އަހަރުގެ ކުއްޖަކު ކިޑްނެޕް ކުރި މައްސަލައެއްގައި ދެ މީހަކު 10 އަހަރު ދުވަހަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.
ޖިނާއީ ކޯޓުން 10 އަހަރުގެ ހުމެއް ކޮށްފައިވަނީ ހ. މެހެލިގޭ އުމުރުން 28 އަހަރުގެ އިބްރާހީމް ހަލީލާއި، ރ. ރަސްގެތީމު، ހުދުވެލި، އުމުރުން 20 އަހަރުގެ މުހަންމަދު އައިމަންގެ މައްޗަށެވެ.
މިމައްސަލާގައި ހުކުމްގައި ބުނެފައިވަނީ ޏ. ފުވައްމުލައް/ މާލެގަން، އުރަހަ، މުހައްމަދު އިޙްތިޝާމް އަލީގެ ގައިގައިގަ ބަޔަކު ތަޅައި މާރާމާރީ ހިންގުމަށްފަހު، އިޙްތިޝާމް އަތުން އޭނާގެ ވޮލެޓާއި، މޯބައިލް ފޯނު ފޭރިގަނެން އޭނާ ކިޑްނެޕްކޮށްފައިވާ ކަމުގެ މައްސަލާގައި ދައުލަތުގެ ފަރާތުން އިބްރާހިމް ހަލީލާއި މުހައްމަދު އައިމަންގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާ އެދެމީހުންގެ މައްޗަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ދެ މީހުން 2009 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި އިޙްތިޝާމް ކިޑްނެޕްކޮށްގެން، މ.ނިޔަމި ކިޔާ ގެއެއްގެ ދެވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއަކަށް ގެންގޮސް، ޖެހިގެން އައި ދުވަހުގެ މެންދުރު ވަންދެއް އޭނާ ރަހީނުކޮށްގެން އެކޮޓަރި ތެރޭގައި ގެންގުޅެފައިވާ ކަމަށް އިޙްތިޝާމް އަލީ ޝަރީއަތުގައި ބުނެފައިވުމާއި، ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން މުހައްމަދު އައިމަންއާއި އިބްރާހިމް ހަލީލު ދައުވާ އަށް އިންކާރުކޮށްފައި ވިނަމަވެސް މިއަމަލު ހިންގި މީހުންގެ ތެރޭގައި އެ ދެމީން ހިމެނޭ ކަމަށާއި އަދި 16 ވަނަ ދުވަހުގެ މެންދުރު އިޙްތިޝާމް ސަލާމަތް ކުރުމަށް ފުލުހުން އެކޮޓަރިއަށް ދިޔައިރު އައިމަން އާއި ހަލީލް ހައްޔަރުކޮށްފައިވަނީ އެކޮޓަރި ތެރެއިން ކަމަށް ދެ ފުލުހަކު ހެކި ބަސް ދީފައިވާ ކަމަށްވެސް އެހުކުމްގައި ބުނެފައިވެ އެވެ.
މީގެއިތުރުން އިޙްތިޝާމް އަލީ ކިޑްނެޕްކޮށްފައި ހުރިހުރުމުގައި މުހައްމަދު އައިމަނާއި އިބްރާހިމް ހަލީލާއި ދެ މީހުން އޭނާގެ ގައިގައި ސިނގިރޭޓް ރޯކޮށްފައި ޖައްސައި، ލައިޓަރު ދޮންކޮށްފައި ޖައްސައި، ވަޅިން ބިރު ދައްކައި، ގަދަ ކަމުން އޭނާ އަށް މަސްތުވާތަކެތި ދިން ކަމަށް މުހައްމަދު އިޙްތިޝާމް ބުނެފައިވާ ކަމަށާއި އިޙްތިޝާމަށް އަނިޔާކޮށްފައިވާ ކަމަށް މެޑިކޯލީގަލް ރިޕޯޓުން އެގެން އޮތް ކަމަށްވެސް އެހުމުގައި ބުނެފައިވެ އެވެ.
ހަމަ އެހެންމެ މުހައްމަދު އިޙްތިޝާމްގެ އަތުން ގަދަކަމުން އޭނާގެ ވިސާ ޑެބިޓްކާޑާއި އޭގެ ފިންކޯޑް އަތުލައިގެން ދެ ފަހަރެއްގެ މަތިން ފައިސާ ނަގާފައިވާކަން އިޙްތިޝާމް ބުނެފައިވާ ކަމަށާއި އެފައިސާ އެގަޑިތަކުގައި ނަގާފައިވާކަން އިޙްތިޝާމްގެ އެކަންޓްގެ ތަފްސީލުން އެނގެން އޮތް ކަމަށްވެސް އެހުމުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އިޙްތިޝާމްގެ ދޫކޮށްލެވޭނީ އިތުރު 25،000 ރުފިޔާ ދިނުމަށް ކަމަށް ބުނެ އިޙްތިޝާމަށް ބިރު ދެއްކުމުން އިޙްތިޝާމް އޭނާގެ ބައްޕައަށް ގުޅައި ފައިސާ ފޮނުވުމަށް އެދުނުކަން ހެކިންގެ ހެކިބަހުން އެގެން އޮތް ކަމަށާއި މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް މުހައްމަދު އައިމަނާއި އިބްރާހިމް ހަލީމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ކަމަށްވެސް އެހުކުމްގައި ބުނެފައިވެ އެވެ.
މިމައްސަލާގައި ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވާ ތ. ދިޔަމިނގިލީ/ ނަސީމުގޭ މުހައްމަދު އަފްސަހު އިޙްތިޝާމްގެ ކިޑްނެޕްކުރި ތަނުގައި ހުރި ކަމަށާއި، އަދި އއ. މާޅޮސް/ ނޫވިލާގޭ މުހައްމަދު ވަހީދުގެ އިޙްތިޝާމްގެ ކިޑްނެޕްކޮށްފައި ބަހައްޓާފައި ހުރި ކޮޓަރިއަށް ދިޔަ ކަމަށް އިޙްތިޝާމްގެ ބުނެފައިވީ ކަމުގައި ވިޔަސް އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ވާވަރަށް ހެއްކެއް ޤަރީނާއެއް ނެތުމާއެކު، ދައުލަތުގެ ފަރާތުން އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ކުށް ސާބިތު ނުވާ ކަމަށްވެސް އެހުކުމްގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދައުވާކުރި ގ. އުފުރިޔާ، އުމުރުން 27 އަހަރުގެ އަހުމަދު ނަދީމް، މިވަގުތު ހުރީ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރުގަ އެވެ. އެހެންކަމުން އޭނާގެ މައްސަލަ ފަހުން ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
14:12
މާލޭގައި 18 އަހަރުގެ ކުއްޖަކު ކިޑްނެޕް ކުރި މައްސަލައެއްގައި ދެ މީހަކު 10 އަހަރު ދުވަހަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.
ޖިނާއީ ކޯޓުން މިއަދު 10 އަހަރުގެ ހުކުމެއް އައީ މ. މެހެލިގޭ އިބްރާހީމް ހަލީމު،28 ، އާއި ރ. ރަސްގެތީމު، ހުދުވެލި، މުހަންމަދު އައިމަން، 20، ގެ މައްޗަށެވެ.