އެސްޓިއޯއިން ކޮންމެ ރޯދަމަހަކު ގެނެސްދޭ "ޕިލިޕުސް މައި ކިޗަން- އަ ހެލްފިން ހޭންޑް" ޕްރޮގްރާމް ފޮނުވުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން އެ ކުންފުނިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުވަރިޒަމް ސުޓަޑީޒްއާއި ދެމެދު އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގައި އިއްޔެ ބޭއްވި ހަފްލާއެއްގައި އެސްޓީއޯގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖާ އާދަމް އާޒިމް އެވެ. އަދި ފެކަލްޓީގެ ފަރާތުން ސޮއިކުރެއްވީ އެ ފެކަލްޓީގެ ޑީން ޒީނާޒް ހުސެއިނެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އެތެރެކުރާ ފިލިޕްސް ބްރޭންޑުގެ ބާވަތްތައް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާ އެކު ރޯދަމަހު ގެނެސްދޭ ކައްކާ ޕްރޮގްރާމް އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެއް އަހަރުގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މިފަހަރު އެޕްރޮގުރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިޓީވީ ންވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮގުރާމް ރޯދަމަހުގެ ކޮންމެ ރެއަކު ދެއްކި ނަމަވެސް ރޯދަމަސް ނިމުމުން އެޕުރޮގުރާމް ކުރިއަށްގެންދާނީ ހަފްތާއަކު އެއްފަހަރު ކަމަށެވެ.