ވެލިގާ ހާޑްވެއާ އާއި މާލޭ ޕިކަޕް ސާވިސް ގުޅިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕިކަޕް ސާވިސް ލަކީ ޑުރޯގެ ގުރުއަތުން ބައިލައްކަ ރުފިޔާގެ ނަސީބުވެރިއަކަށް ބަގުލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގިރި ހުސެއިން ހާސިލްކޮށްފި އެވެ.

ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައިލައްކަ ރުފިޔާ ހާސިލްކުރި އަލަމްގިރި ހުސެއިނަށް އެ އިނާމް ހަވާލުކޮށްދެއްވީ ވެލިގާ ހާޑްވެއާ މެނޭޖިން ޑިރެކްޓާ މުހައްމަދު އަބޫބަކުރެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެލަކީ ޑުރޯއިން ދެވަނަ އަށާއި ތިން ވަނަ އަށް ހޮވުނު ފަރާތްތަކަށް ވެސް އިނާމް ދީފަ އެވެ. އެގޮތުން ގުރުއަތުން ދެވަނަ އަށް ހޮވިގެން 25000ރ. އިނާމް ހާސިލްކުރީ މ. ކުރޮޅި ހަސަން މުބާރިކެވެ. އަދި ތިން ވަނަ ހާސިލްކޮށްފައި ވަނީ ހ. ރެތި، އަހުމަދު ޝަމްއޫނެވެ. އެތިން ފަރާތަށް އިނާމް ހަލާވުކޮށްދެއްވީ ވެލިގާ ހާޑްވެއާގެ މެނޭޖިން ޑިރެކްޓާ މުހައްމަދު އަބޫބަކުރެވެ. އަދި އެ ރަސްމިއްޔާތުގައި ވަނީ އެލަކީ ޑުރޯއިން ހޮވުނު ދިހަ ފަރާތަކަށް 1000ރ. އިނާމެއް ވެސް ދީފަ އެވެ. އެގޮތުން އެއިނާމް ހާސިލްކޮށްފައި ވަނީ ހަތަރު ބިދޭސީނާއި ހަ ދިވެހިންނެވެ.

މިދިޔަ އަހަރު ޖޫން މަހުގެ އެއްވަނަ ދުވަހުން މި އަހަރުގެ މެއި މަހު 31 ވަނަ ދުވަހާ ހަމައަށް ކުރަށްގެންދިޔަ އެ ލަކީޑޯގެ ދަށުން މާލޭ ޕިކަޕްސާވިސް އިން ދަތަރުކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ވަނީ ދީފަ އެވެ. އެ ލަކީޑުރޯ ސުޕޮންސަ ކޮށްފައި ވަނީ ވެލިގާ ހާޑްވެއާއިނެވެ. މިއީ މިގޮތަށް ކުރިއަށްގެންދިޔަ ދެވަނަ ޕުރޮމޯޝަނެވެ. އެގޮތުން މިދިޔަ އަހަރުގެ ލަކީ ޑުރޯގެ އެއްވަނަ ވެސް ހާސިލްކޮށްފައި ވަނީ ބިދޭސީއެކެވެ.

ބައިލައްކަ ރުފިޔާ ހާސިލްކުރި ބަގްލަދޭޝްގެ އަލަމްގިރި ހުސެއިން ބުނީ އޭނާ އަކީ އެކަތަ ވޯކްސޮޕްގައި މަސައްކަތްކުރާ މީހެއް ކަމަށާއި އެލަކީޑުރޯއަށް އޭނާ މުޅި ޖުމުލަ 36 ކޫޕަން ލައިފަވާނެ ކަމަށެވެ. އަދި އެ ފައިސާ އަށް ހަދާނީ ކިހިނެއްހޭ އެހުމުން އޭނާ ބުނީ އެ ފައިސާ އިން އޭނާ ގެހަދާނީ ކަމަށާއި އެކަމުގެ ސަބަބުން މުޅި އާއިލާ ވެސް ވަރަށް އުފާވެފައިވާ ކަމަށެވެ.

އަދި އެ ރަސްމިއްޔާތުގައި ވަނީ ވެލިގާ ހާޑްވެއާގެ ވެބްސައިޓު ވެސް ލޯންޗް ވެސް ކޮށްފަ އެވެ. އެގޮތުން ވެބް ސައިޓް ލޯންޗް ކޮށްދެއްވީ ވެލިގާ ހާޑްވެއާގެ ޑިރެކްޓާ އަބޫބަކުރު މުހައްމަދެވެ. ވެލިގާ ހާޑްވެއާއިން ބުނީ މިރޭ ލޯންޗް ކުރި www.veligaa.com އިން އެހާޑްވެއާއާ ބެހޭ މައުލޫމާތާއި އެހަޑްވެއާއިން ލިބެންހުންނަ ޕުރޮޑެކްޓުގެ މައުލޫމާތް ލިބޭނެ ކަމަށެވެ.