Last Updated:
1 decade 3 year ago

ނަޝީދާ އެކު އެމްޑީޕީ ސީދާ ހަރަކާތަށް ނުކުމެއްޖެ

    ބުލޮގު ޚުލާސާ
    ނަޝީދަށް ބައިވެރިނުވެވޭ އިންތިހާބެއްގައި އެމްޑީޕީ ބައިވެރިނުވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ. (ތަފުސީލު އަންނަނީ)
    01:16

    މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ހަތް މީހަކު ހައްޔަރުކޮށްފި.
    23:27

    ރޯޑް ބޮލޮކްގެ ގޮތުގައި ފުލުހުން ބަހައްޓާފައި ހުރި ކޮންކްރީޓް ބޮލޮކްތައް އެމްޑީޕީ މީހުން ވާޖަހައި ދަމައި ދުރަށްލައިފި.
    23:05

    ޗާނދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި ރޯޑް ބްލޮކަަށް މިރޭ ހުރީ ކޮންކްރީޓް ރޯޑް ބްލޮކް.
    22:56

    މުޒާހަރާގެ ބައިވެރިން، ޗާނދަނީ މަގާއި ފަރީދީމަގު ގުޅުނު ހަތަރުއަނގޮޅީގައި ގޮނޑި އަޅައިފި. މުޒާހަރާގެ އިސް ސަފުގައި ކުރީގެ ރައީސް ނަޝީދު، ރީކޯ މޫސާ، އިބްރާހީމް މުހައްމަދު ސޯލިހު، އިންތި.
    22:22

    ނަޝީދާ އެކު އެމްޑީޕީ ސީދާ ހަރަކާތަށް ނުކުމެއްޖެ.
    22:05

    އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލައިފި. މިރޭ ވެސް ސީދާ ހަރަކާތް އޮންނާނެ ކަމަށް މޫސާ ވިދާޅުވި. އަދި ކުރީގެ ރައީސް ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި.
    21:48

    އެމްޑީޕީ ސަރުކާރު އޮތް އިރު ހޯމް މިނިސްޓަރުކަން ކުރެއްވި ހަސަން އަފީފު މިރޭ އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޝީދަށް ބައިވެެރިވެވަޑައިނުގެންނެވޭ އިންތިހާބެއް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް
    21:42

    އެމްޑީޕީ އިން މިރޭ އުސްފަސްގަނޑުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި 66 މެންބަރުންގެ އިންތިފާގުން ފާސްކުރީ ފާސް ކުރީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ބައިވެރިނުވެވޭ އިންތިހާބެއްގައި ބައިވެރި ނުވުމަށެވެ.