އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާއިން ހޯކްސްގެ ޕެޓްރޯލް ސްޓޭޝަނުގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހޯކްސް ޕެޓްރޯލް ސްޓޭޝަނުގައި ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާ ބޭނުންކުރެވޭނެ ކަމަށެވެ.

އުރީދޫއެޕްމެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓާވެވޭނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް ވެސް ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.