ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އެއްބަސްވުމެއްގައި ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ އެކު ސޮއިކޮށްފި އެވެ.

ޓްރާންސްޕޭރަންސީން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ އެ ޖަމިއްޔާ އިން ފަށައިފައިވާ އިން ފަށައިފައިވާ "އެޑްވޮކަސީ އެންޑް ލީގަލް ސެންޓަރު"ގެ މަސައްކަތްތަކަށް އެއްބާރުލުން ހޯދުން ކަމަށެވެ. މި އެއްބަސްވުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެފަރާތް ގުޅިގެން ހަރަކާތްތެރިވުމަށް ދެފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ އެމްއޯޔޫއެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެޑްވޮކަސީ އެންޑް ލީގަލް ސެންޓަަރަށް އެއްބާރުލުން ދީގެން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ދެ އެއްބަސްވުމެއްގައި ކަސްޓަމްގެ އިތުރުން އެންޓި ކޮރަޕްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ އެކު ވެސް ޓްރާންސްޕޭރަންސީން އިން ވަނީ ސޮއިިކޮށްފަ އެވެ. އަދި މިފަދަ އިތުރު އެއްބަސްވުންތަކެއްގައި ދައުލަތުގެ އެހެން މުއައްސަސާތަކާ އެކު ވެސް ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓްރާންސްޕޭރަންސީން އުފައްދާފައިވާ އެޑްވޮކެސީ އެންޑް ލީގަލް އެޑްވައިސް ސެންޓަރު ހުޅުވި ހިދުމަތްދޭން ފެށިފަހުން މިވީ އެއް މަސް ދުވަސް ތެރޭގައި ސެންޓަރަށް 27 މައްސަލައެއް ހުށައެޅި އެ މައްސަލަތަކަށް އެތަކެއް ފަހަރުމަތިން ގޫނީނީ ލަފާދެވި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ޓްރާންސްޕޭރަންސީން ބުންޏެވެ.