18 Jul 2012, 09:39
ދެ ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިއްޔެ ޖަލްސާއެއް ބޭއްވުމަށް ފަހު، މިއަދުގެ ޖަލްސާ ފެއްޓިތާ ގަޑި އިރު ނުވަނީސް ކޯރަމް ހަމަނުވެގެން މަޖިލީސް މެދުކަނޑާލައިފި އެވެ.
މިއަދުގެ ޖަލްސާގައި ބަހުސު ކުރަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ބެހޭ ގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލާ ބެހޭ ގޮތުންނެވެ. ނަމަވެސް ބިލް ހުށަހެޅުއްވި މެންބަރު ވާހަކަ ދައްކަވަނިކޮށް ނިޒާމީ "ކޮޅިގަނޑެއްގެ" ތެރެއިން ކޯރަމް ވަނީ ގެއްލިފަ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އުފެއްދުން ތެރި މަސައްކަތެއް ނުކުރެވިގެން އުޅޭ އިރު، ކޮންމެ މެންބަރަކަށް ވެސް މަހަކު 62،500ރ.ގެ މުސާރައާއި 20000 ރުފިޔާގެ އެލަވަންސާ އެކު ކޮންމެ މެންބަރަކު ވެސް މަހަކު 82،500ރ. ގެއަށް ގެންދަވަ އެވެ. އެއީ 77 މެންބަރުންނަށް މަހަކު 6.3 މިލިއަން ރުފިޔާ އެވެ.