ޕޮޮލިސް ވެހިކަލް ގަރާޖާއި ޖެހިގެން އޮންނަ ނީލަން މުދާ ވިއްކާ ތަނުގައި ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ. އަލިފާން ރޯކޮށްލިތާ މާގިނަ އިރެއް ނުވަނީސް އެމްްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުއިން ވަނީ ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލައިފަ އެވެ.

ފުލުހުން ބުނީ މިރޭ 2:30 އެހާކަންހާއިރު ނީލަން ފިހާރައިގައި ރޯކޮށްލާފައި ވަނީ ޕެޓްރޯލް ފުޅިއެއްގައި ރޯކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެތަނުގެ ރޯވެފައި ހުއްޓާ ފެނުނީ ޑިއުޓީ ކުރަމުން ދިޔަ ފުލުހުންތަކަކަށް ކަމަށްްވެސް ފުލުހުންބުންޏެވެ.

"އެމީހުން ރިޕޯޓް ކުރުމާ އެކު ފަޔާ އެންޑް ރެސްކިޔުއިން އައިސް ނިއްވާލައިފި ރޯކޮށްލިތާ މާގިނަ އިރެއް ނުވަނީސް، ފެނުނީއިރު މާބޮޑަށް ރޯވެފައެއް ނޫން ހުރީ،" ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރަކު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ސިޔާސީ ގޮތުން މާލެ ތެރެ ހަލަބޮލިވާ ކޮންމެ ފަހަރަކުހެން ނީލަން ފިހާރައިގައި ހުޅުޖަހަ އެވެ. އެގޮތުން މިދިޔަ މާޗް މަހު އައު ދައުރަކަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާ ހިނގަމުން ދިޔަ ދުވަހުވެސް ނީލަން ފިހާރައިގައިވަނީ އަލިފާން ރޯވެފަ އެވެ. އެފަހަރުވެސް ނީލަން ފިހާރަ އެކީއެކަށް ކަހަލަ ގޮތަކަށް އަދައިގެން ދިޔަ އެވެ. ނީލަން ފިހާރަ ހިމެނޭ ސަރަހައްދަކީ ޕެޓް ރޯލް ޝެޑްތައްވެސް ހިމެނޭ ސަރަހައްދެކެވެ.