Last Updated:
1 decade 3 year ago

ސީދާ ހަރަކާތް ދިރާގު ސަރަހައްދުގައި ހޫނުވެފައި

    ބުލޮގު ޚުލާސާ
    އެމްޑީޕީގެ ސީދާ ހަރަކާތުގެ މުޒާހާރާ ދިރާގު ސަރަހައްދުގައި މިހާރު ކުރިޔަށްދާއިރު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބައެއް ހަމަނުޖެހުންތައް ހިނގަމުން އެބަދެ އެވެ. ހަމަނުޖެހުންތަކުގައި ބައެއް ފަހަރަށް ގާއުކަމުންދާއިރު ބައެއް ފަހަރަށް ފުލުހުންނަށްނަށް ހުރަސް އަޅަން ވެސް މުޒާހަރާގެ ބައިވެރިން ވަނީ މަސައްކަތް ކޮށްފަ އެވެ، މިރޭގެ މުޒާހަރާގައި މިހާތަނަށް ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

    އޭގެ ކުރި ބައެއް އެހެން ސަރަހަދުތަކަށް ވެސް ސީދާ ހަރކާތުގެ ބައިވެރިން މިރޭ ވަނީ އެއްވެފަ އެވެ. އޭގެ ތެރެއިން އެއް ފަހަރު ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާ މުޒާރާ ރޫޅާވެސް ލައިފަ އެވެ.

    ސީދާ ހަރަކާތް މިރޭ ފެށިއިރު އުސް ފަސްގަނޑުގައި އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުންތަކެއް ވަނީ އައިލެންޑް ޓީވީ (އައިޓީވީ) ނަމުގައި ޗެނަލެއް އިފްތިހާހުވެސް ކޮށްފައެވެ. ޔޫސްޓްރީމުން މެދުވެރިކޮށް އެމްޑީޕީގެ މައުލޫމާތާއި ހަބަރުތައް ގެނެސްދޭ ގެނެދޭ މިޗެނަލަކީ އެމްޑީޕީގެ ހަރަކާތްތަކަށް އަމާޒުކޮށްފައިވާ ޗެނެލެއް ކަމަށް ޕާޓީން ބުނެ އެވެ.

    01:16

    އެ ސަރަހައްދުގައި ޖަހާފައި ހުރި ބެރިކޭޑްތަކުގެ ތެރެއިން ބައެއް ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ދަމާފައި ގެންގޮސް މުޒާހަރާ ކުރާމީހުންގެ ތެރެއަށް ވައްދައިފި.
    01:05

    އެންމެ ފަހުން ހައްޔަރު ކުރި ދެ އަންހެނުންގެ ތެރެއިން އެކަކު ދޫކޮށްލުމަށްފަހު އަނެއް އަންހެން މީހާ ވަނީ ކްލިޕް އަޅުވައި ވެހިކަލަށް އަރުވާފައި.
    01:03

    މުޒާހަރާގެ ތެރެއިން އިތުރު އަންހެނަކު ހައްޔަރުކޮށްފި. އަދިވެސް މުޒާހަރާގައި އޮތީ ހުތުރު ބަހުން މުއާމާލާތް ކުރުން.
    00:57

    އިތުރު ދެމީހަކު ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ. މުޒާހަރާގައި މިހާރު ގޮވަނީ ހުސް އަވަގުރާނަ.
    00:39

    މަޖިލިސް މެންބަރުންގެ ތެރެއިން ގަސަމް އެބަހުންނެވި އެހެން މެންބަރަކު މިވަގުތު ފެންނާނަކަށް ނެތް. ފުލުހުން މިވަގުތު އިންޒާރު ކުރަމުން ދަނީ 12:30 ވެފައިވާ ކަމަށައި މީގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރާނަމަ އަތުލާނެ ކަމަށް ބުނެ.
    00:34

    ފުލުހުން މިހާރު ގެންދަނީ މުޒާހަޜާ ރޫޅައިލާނެ ކަމުގެ އިންޒާރުތައް ދެމުން
    00:32

    ކުޑައިރުކޮޅެއް ކުރިން ރައީސް ނަޝީދު ވެސް ހުންނެވި. ނަމަވެސް މިހާރު އެމަނިކުފާނު އެ ސަރަހައްދަކުން ނުފެނޭ. އަދި ދެންމެ ތިއްބެވި ބައެއް މަޖިލިސް މެންބަރުން ވެސް ނެތް.
    00:30

    ފުލުހެއްގެ މޫނު މަތީގައި ގަލަކުން ޖެޖީ މުޒާހަރާގެ ތެރެއަށް ފުލުސް މީހާ ވަނުމުން ކަމަށް ބުނޭ. ފުލުހުން ބުނަނީ އެމީހާ ވަނީ ފުުލުހުންގެ ސެކިއުރިޓީ ލައިނުގައި ހިމެނޭ ބެރިކޭޑްތަކެއް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވައްދާ ފޮރުވުމުން ކަމަށް.
    00:27

    ފުލުހުން މަސައްކަތް ކުރަމުންދަނީ މުޒާހަރާ ރޫޅައިލުމަށް. އިންޒާރު ދެމުން ދަނީ 12 ޖެހުމާއެކު އަޑުގަދަ ކުރާތައް އަތުލާނެ ކަމަށް. މިހާރު ވެސް ދަނީ އިންޒާރު ކުރަމުން. ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު މައްސަލަ އުފެދުނީ ފުލުހެއްގެ މޫނު މަތީގައި ގަލަކުން ޖެހުމުން ފަޅައިގެން ދިއުމާއެކު. ފުލުހުން ބުނީ މިއީ ސުލްހަވެރި މުޒާހާރާއެއް ކަމަށް ބަލައި ނުގަނެވޭނެ ކަމަށް.