17 Jul 2012, 22:21
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކާ އެކު އަންހެންނަކާއި ފިރިހެނަކު މަގުމަތިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ އަންހެނަކު މާފަންނުން ހައްޔަރު ކުރީ މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ. އަދި މަގުމަތި ޕެޓްރޯލު ކުރަމުން ދިޔަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ މަގުމަތިން ހިނގާފައި ދިޔައިރު އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު ފިރިހެން މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.