03 Mar 2025, 09:26
ބާޒާރުގެ މިހާރު އެންމެ ތިޔާގި ކަމަށް ފެންނަނީ އަނބެވެ. އަދި މޭވާގެ ތެރެއިން މިވަގުތު އަގު ދަށްވެފައި ވަނީ ޖުމްހޫރީމޭވާގެއެވެ. އެހެންކަމުން މިއީ ރޯދަ ވީއްލުމަށް، ސުފުރާ މައްޗަށް މި ދެ މޭވާ އެކުލެވޭ އެއްޗެއް ތައާރަފުކުރަން އެންމެ ރަނގަޅު ވަގުތެވެ.
ބޭނުންވާނެ ތަކެތި
1/2 ޖޯޑު ނުކައްކާ ހުރި ސާގު
- 2 ޖޯޑު ކާށިކިރު
- 2 ޖޯޑު ފެން
- 1 ސައިސަމުސާ ވެނީލާ އެސެންސް
- އަނބުގެ ތޮށި މަށައި، ކޮށާފައި (2 ޖޯޑު)
- 2 ޖުމްހޫރީ މޭވާ
- 1/2 ޖޯޑު ގެރިކިރު
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ އަނބާއި ގެރިކިރު މިކްސަރަށް އަޅައި އެއްކޮށްލާނީއެވެ. އެއަށްފަހު ޖުމްހޫރީ މޭވާ ދެ ފަޅި ކުރުމަށް ފަހު އޮށްތައް ނަގާނީއެވެ. އަދި ތަށްޓެއްގައި، އަނބާއި ގެރިކިރު މިކްސްއާ އެއްކޮށްލާނީއެވެ.
އެއަށްފަހު ފެނާއި ކާށި ކިރު ތެއްޔަކަށް އަޅައި، ގިނި ގަދަކޮށް ކައްކާނީއެވެ. އޭގެ ތެރެއަށް ވެނީލާ އެސެންސް އަޅާލަން ވާނެއެވެ.
ކާށިކިރު ކެކެން ފެށުމުން ސާގު އަޅައި، ގިނަ މަޑުކޮށްލާނީއެވެ. ސާގު އޮށްތައް ތަތްވުން ހުއްޓުވުމަށް ޓަކައި، އިރުއިރުކޮޅާ ގިރާލަންވާނެއެވެ. ސާގު ކެކެން 15 މިނިޓާއި 20 މިނިޓާ ދެމެދުގެ ވަގުތުކޮޅެއް ނަގާނެއެވެ.
އެއަށްފަހު ޖޯޑުތައް ނަގައި، ކޮންމެ ޖޯޑަކަށް ވެސް ފުރަތަމަ ސާގު އަޅައި، އޭގެ މައްޗަށް އަނބާއި ޖުމްހޫރީ މޭވާ މިކްސް އަޅާނީއެވެ. އެގޮތަށް، ޖޯޑުގައި އެ މީހަކު ބޭނުންވާ ވަރަށް ލޭޔާތައް އަޅާނީއެވެ.
މެންގޯ ޕެޝަންފުރުޓް ސާގޯ ކެއުމުގެ ކުރިން، މަދުވެގެން ދެ ގަޑިއިރު ވަންދެން ފިނި ކުރުމުން އިތުރަށް މީރުވާނެއެވެ.