02 Mar 2025, 15:22
ރަމަޟާން މަހު ފަނި ގިރުމަށް ގިނަ ބަޔަކު ބޭނުންކުރާ ޖުމްހޫރީމޭވާގެ އަގު ތިރިވެއްޖެއެވެ.
މިއަދު ބާޒާރުގައި ޖުމްހޫރީމޭވާ ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ.
ޖުމްހޫރީމޭވާ ކިލޯއެއް އިއްޔެ ބާޒާރުގައި ވިއްކީ 130 ރުފިޔާއަށެވެ.
މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއްގެ އަގު މިއަދުވެސް އުޅެނީ 25 ރުފިޔާގައެވެ. ލޮނުމެދު ކިލޯއެއްގެ އަގު 150ގައި އުޅޭއިރު ފިޔާ ކިލޯއެއްގެ އަގު ބާޒާރުގައި އުޅެނީ 15 ރުފިޔާއަށެވެ.
އިތުރު ބައެއް ބާވަތްތަކަށް ބަލާލާއިރު:
ކެބެޖު: 40 ރުފިޔާ
- ކެރެޓު: 40 ރުފިޔާ
- ޓޮމާޓޯ: 35 ރުފިޔާ
- ގިތެޔޮ މިރުސް: 20 ރުފިޔާ
- ތޮޅި މިރުސް: 80 ރުފިޔާ
- ލުނބޯ: 40 ރުފިޔާ
- ކާށި: 4 ރުފިޔާ
- ކިޔުކަމްބާ: 65 ރުފިޔާ
މަހުގެ އަގުތަކަށް ބަލާއިރު މަސް މާރުކޭޓުގައި ކަޅުބިލަމަހުގެ އަގު އުޅެނީ ކިލޯއެއް 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ފަރުމަހުގެ އަގުތަކަށް ބަލާއިރު:
ރަތް މަސް: 150 ރުފިޔާ
- ގިނި މަސް: 50 ރުފިޔާ
- ހަނދި: 100
- ފާނަ: 150
- މުށި މަސް: 3 މަސް 20 ރުފިޔާއަށެވެ.

މަސް މާރުކޭޓުގައި މަސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ރޯދަމަސް ފެށުނު އިރުވެސް ބާޒާރުގެ އަގުތަކަށް ބަދަލެއް ނާންނަ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރީން ބުނެފައި ވާއިރު ލޮނުމެދުގެ އަގު ބޮޑުވުމުގެ ސަބަބުން އެސްޓީއޯއިން ވަނީ ބާޒާރަށް ލޮނުމެދު ނެރެ، ވިއްކަން ފަށާފައެވެ.
އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލޮނުމެދު ކިލޯއެއް 45 ރުފިޔާއަށް ވިއްކާއިރު، ބާޒާރުގައި ކިލޯއެއް ލިބެން ހުރީ 90 ރުފިޔާއާ 120 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.