17 Jul 2012, 16:43
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކްމެނިސްތާނުގެ ވަފުދުގެ ބޭފުޅުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކުރުނބާ މޯލްޑިވްސްގައި ރޭ ފަރިއްކޮޅެއް ދެއްވައިފި އެވެ.
މި ފަރިއްކޮޅުގައި ރައީސްގެ އަނބިކަނބަލުން އިލްހާމް ހުސައިނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ތުރުކްމެނިސްތާނުގެ ވަފުދުގެ ބޭފުޅުން ވަނީ އިއްޔެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.