17 Jul 2012, 15:14
ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު އެމީހާގެ ވޮލެޓް ފޭރިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހެންވޭރު ކާނިގޯޅީގައި މިއަދު 2:20 ހާއިރު ހިނގި އެ ހާދިސާގައި ވަޅިއަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވަނީ 29، އަހަރުގެ މީހެއް ކަމަށެވެ. ތިން މީހަކު ވެގެން ވަޅިން ހަމަލާ ދީފައި ވަނީ އޭނާގެ ބުމައާ ދިމާލުން ކަމަށާއި އެ ދިމާ ޒަހަމް ކޮށްލާފައިވާ ކަމަށެވެ. އެ މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި ދިވެހި އެ މީހާގެ ވޮލެޓް ފޭރިގަތުމަށްފަހު ތިން މީހުން ފިލި ނަމަވެސް މިހާރު އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އެމީހުން ފޭރިގަތް ވޮލެޓްގައި ހުރީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މީގެ ތިން ދުވަސް ކުރިން ވެސް ދަރުބާރުގެ ކައިރިން ހިނގާފައި ދިޔަ މީހެއްގެ ވޮލެޓް ވަނީ ފޭރިގެންފަ އެވެ. އެދުވަހުގެ ފޭރުމުގައި ތިން މީހަކު ވެގެން އެމީހާއަށް ހަމަލާ ދީ 15،000ރ. ފޭރިގަނެ ވަނީ ފިލާފަ އެވެ.
މާލޭގައި ބޮޑެތި ވައްކަމާއި ފޭރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.