07 Mar 2010, 10:20
14:30
ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިނގި މާރާމާރީއެއްގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ވިލިމާލޭން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ގާތްގަނޑަކަށް 11 ޖަހާ ކަންހާއިރު ހިނގި އެ މާރާމާރީގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށާއި އަދި އެ މާރާމާރީއަކީ އެ ދެ ގޭގެ ކުޑަކުދިންގެ މެދުގައި ޖެހޭ މައްސަލައަކާ ގުޅިގެން ހިނގާ ސިލްސިލާ މާރާމާރީއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ އާއްމުންނައް އުނދަގޫވަމުންދާ ކަމަށާއި އެފަދަ ހަމަނުޖެހުންތައް ހިންގާ ކޮންމެ ފަހަރަކު ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މާރާމާރީގައި ބައިވެރިވުމަށް މާލެއިންވެސް ގްރޫޕްތަކުން ގޮސްފައިވާ ކަމަށެވެ. އަދި އެ މާރާމާރީއާ ގުޅިގެން އަންހެން ކުއްޖެއްގެ އަތުގެ އިނގިއްޔެ ބިނދި، ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.