ގްރޭޑް އަށެއްގައި އުޅޭ ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތުވާ މައްސަލައިގައި ހިމެނޭ އަންހެން ޓީޗަރު ސްކޫލުގެ ވަޒީފާއިން ވަކިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވަނީ އެ ޓީޗަރު ވަޒީފާއިން ވަކިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ.

މި މައްސަލަ ފުލުހަށް ރިިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހު ކަމަށެވެ. މިއީ ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ.

"މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.

މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރަށާއި އަތޮޅު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.