17 Jul 2012, 11:10
ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހްގެ ބުނީި މުހައްމަދު "އުމޭރަކީ ޓޯޓަލް ފުޓްބޯޅަ ކުޅުންތެރިއެއް،" ކަމަށެވެ. އެކަމަކު ނަޒީހުގެ ނަޒަރުގައި އުމޭރު ރަނގަޅު ކޮށްލަންޖެހޭ ކަމެއް އެބައޮތެވެ.
"އުމޭރަކީ ޓެކްނިކް ރަނގަޅު ކުޅުންތެރިއެއް. ފިޒިކަލް ވެސް ރަނގަޅު. ހުނަރާއި އެނޫން ކަންތައްތައް ވެސް ރަނގަޅު. ދެން އެއްކަމެއް ފާހަގަ ކޮށްލާހިތްވޭ. އެކަން ރަނގަޅުކޮށްފިނަމަ ވަރަށް ދެންހަމަ މީހަކު ބުނާނެ އެއްވެސް އެއްޗެއް ނޯންނާނެ. އެއީ ބޯޅަ ހިފައިގެން ދުވުން،" ނަޒީހް ބުންޏެވެ.
ވިކްޓަރީ އަށް މިސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި އުމޭރަކީ އެންމެ ފުރަތަމަ ޑިފެންޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ މެދުތެރެއަށް ކުޅޭ ކުޅުންތެރިއަކަށް ބަދަލުކުރީ ވީބީގެ ކޯޗު ޖޭން ވަންލީ އެވެ. އޭގެ ފަހުން މިހާރު އެއީ ފޯވަޑެއްގެ ފަހަތުން ކުޅޭ ސެކަންޑް ސްޓައިކަރެކެވެ. މިސީޒަނުގައި އޭނާ މިހާތަނަށް ޖެހި 11 ގޯލަކީ އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ)އާ އެއްވަރުގެ އަދަދެކެވެ. މި ދެ ކުޅުންތެރިންނަކީ ސީޒަނުގަިއ އެންމެ ގިނަ ލަނޑު ޖެހި ދިވެހި ދެ ކުޅުންތެރިންނެވެ.
އުމޭރަކީ މިހާރު ހިލޭޖެހުންތަކުގައި ވެސް ރާއްޖޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކުޅުންތެރިޔާ އެވެ.