17 Jul 2012, 10:42
އާސެނަލްގެ ތިއޯ ވޮލްކޮޓް ގަތުމަށް ލިވަޕޫލުން 15 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ވޮލްކޮޓް ގަތުމަށް ލިވަޕޫލްގެ އާކޯޗު ބްރެންޑަން ރޮޖާސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ޗެލްސީ ވެސް ވަނީ މި ލިސްޓަށް މިހާރު ވަދެފަ އެވެ. ވޮލްކޮޓް ކުލަބު ބަދަލުކުރަން ނިންމައިފިނަމަ ކުޅުންތެރިޔާ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލިވަޕޫލުން ކުރާނެ ކަމަކީ ފޯވަޑް އެންޑީ ކެރޯލް ވިއްކާލުމެވެ.
ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް ވޮލްކޮޓް، 23 ކުލަބު ދޫކޮށްދާނީ އޭނާގެ މުސާރަ ހަފުތާއަކު 100000 ޕައުންޑަށް ބޮޑުކޮށްނުދީފިނަމަ އެވެ. ކޯޗު އާސެން ވެންގާ މިކަން ކުރަން ބޭނުންވި ނަމަވެސް އާސެނަލްގެ ބައެއް ޝެއާހޯލްޑަރުން ބޭނުންވަނީ ވޮލްކޮޓް ވިއްކާލާށެވެ.
ނިމިގެންދިޔަ ޔޫރޯގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ވޮލްކޮޓަކީ ފަހަކަށް އައިސް އިނގިރޭސިވިލާތުން ފާހަގަ ކުރެވުނު އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް އޭނާގެ އިންޖަރީ ރެކޯޑް ރަނގަޅެއްނޫނެވެ.
އާސީޒަނަށް ތައްޔާރުވުމަށް ލިވަޕޫލުން އިޓަލީގެ ރޯމާގެ ފޯވަޑް ފަބިއޯ ބޮރީނީ ގެނެސްފައިވާއިރު އާޖެންޓީނާގެ މިޑްފީލްޑަރު މެސީ ރޮޑްރިގޭޒް ވަނީ ދޫކޮށްލައިފަ އެވެ.