"އެޗްއާރްސީމޯލްޑިވްސް" ގެ ނަމުގައި ޓްވިޓާގައި ބޭނުން ކުރަމުންދާ އެކައުންޓަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެކައުންޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމުން އެކަން އިއުލާން ކުރީ އެޗްއާރްސީމޯލްޑިވްސްގެ ނަމުގައި ޓްވީޓާ ބޭނުން ކުރަމުންދާ ފަރާތުން، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލަތައް ނުބަލަނީސް ނަޝީދުގެ ލޮލަށް ޕެޕާސްޕްރޭ ޖެހި މައްސަލަ ނުބަލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނިކޮށެވެ.

އެޗްއާރްސީމޯލްޑިވްސްގެ ނަމުގައި ބޭނުން ކުރަމުންދިޔަ އެ އެކައުންޓް މިހާރު ވަނީ ޑައުންކޮށްލައިފަ އެވެ.

އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ކުރި މުޒާހަރާގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ހުންނަވަނިކޮށް، އެމަނިކުފާނުގެ ލޮލަށް ފުލުހަކު ޕެޕާސްޕްރޭ ޖެހި ކަމަށް އެމްޑީޕީން ބުނާ މައްސަލަ އެޗްއާރްސީއެމް އިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.