ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ހއ. ބެރިންމަންދޫ އަލުން ބީލަމަށް ހުޅުވާލައިފި އެވެ. އެ ރަށް ވަނީ 2007 ވަނަ އަހަރު ވެސް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށްދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރަށް އަލުން ބީލަމަށް ލަނީ އެ ރަށް ކުއްޔަށް ހިފި ފަރާތުގެ އެދުމުގެ މަތިން އެ ފަރާތަށް އެހެން ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ހަމަޖައްސައި ދިނުމާ ގުޅިގެން ކަމަށެވެ.

ބެރިންމަދޫ ތަރައްގީ ކުރުމަށް ހުޅުވާލާފައި ވަނީ 200 އެނދުގެ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގަ އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރަށުގެ ޕްރީބިޑް މީޓިން އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ.

އަދި އެ ރަށަށް ބިޑު ހުށަހެޅުމަށް ޝައުގިވެރިކަން ފާޅުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ ޖުލައި 25 ވަނަ ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.