20 Feb 2025, 18:47
މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ބަލި ކޮތަރު ފެންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާތީ ސަބަބު ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވަމޯމާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެެހެންވެ އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާރު ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެއާއެކު ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމު ކުރާނެކަމަށް ވެސް ބުނެފައިވެއެވެ.
އެ މިނިސްޓްރީން އާންމުކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި ކޮތަރުތަކުގެ އަނގަކައިރިން ފާރުތަކެއް ފެނެއެވެ.
މީގެ ކުރިން 2022ވަަނަ އަހަރު ވަނީ ޖުމްހޫރީ މައިދާނުގައި ވިނަ ހައްދަން ޖެހި ކެމިކަލްގެ އަސަރުކޮށްގެން ވެސް އެ ސަރަހައްދުގައި އުޅޭ ކޮތަރުތަކަށް އަސަރުކުރި މައްސަލައެއް ފެންމަތިވެފައެވެ.
އާންމުކޮށް މާލޭގައި ކޮތަރު އެންމެ ގިނައިން އެއްްވަނީ ޖުމްހޫރީ މައިދާނަށާއި އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. ގިނަ ބަޔަކު ކޮތަރަށް ކާންދޭން ކުޑަކުދިންނާއެކު މި ތަންތަނަށް ގޮސް އުޅެއެވެ.