އެއްވެސް ކަމަކީ މުޅި އުމުރަށް ދެމިގެންދާނެ ކަމެއް ނޫން ކަމުގައި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބައްދަލުކޮށް މުބާރާތުން ކެޓި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އޭނަ ބުނީ، އޭނާގެ ޓީމު ސިޓީ ވޭތުވެދިޔަ ތާނގާ ވަރަށް މޮޅަށް ކުޅެފައިވާ ކަމަށާއި އަލުން އެފެންވަރަށް ދިއުމަށް ހަރުފަތަކަށް ފަހު ހަރުފަތެއް ގިނާ ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ބުނީ އެޓީމުން ކުރިން ދަންކަމުންދިޔަ މޮޅު ކުޅުން މިހާރު ނުދެއްކޭ ކަމަށެވެ. އަދި ޕްރިމިއާ ލީގުގައި ބާކީ މިހާރު އޮތް 13 މެޗާ އެކު ލީގުގެ ހަތަރުވަނަ ނުވަތަ ފަސްވަނަ އަށް ވާދަކޮށް އަނެއްކާ ވެސް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ލިބޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ސިޓީ އާއި ރެއާލްގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ހަނި ގޮތަކަށް ސިޓީއަށް ގެއްލިގެން ދިޔަ ނަމަވެސް ރޭ ކުޅުނު ދެވަނަ ލެގުގައި ރެއާލްގެ ހަމަލާތައް ހުއްޓުވުމުގައި ސިޓީއަށް ގިނަ މައްސަލަ ތަކަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ރޭގެ މެޗުގައި އޭނާގެ ކުޅުންތެރިންނަށް ކިލިއަން އެމްބާޕޭގެ ހަމަލާތައް ދިފާއު ކުރުމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައިނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ. އެގޮތުން، މޮޅު ޓީމު މޮޅުވީ ކަމަށާއި ރެއާލް އަށް މިކާމިޔާބީ ހައްގު ކަމުގައިވެސް ޕެޕް ހާމަކުރިއެވެ.

މިހާރު އޭނާއާ އޭނާގެ ޓީމުން ކުރަން އޮތް ކަމަކީ ހަގީގަތް ގަބޫލުކޮށް އަނެއްކާ ވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރުން ކަމަށް ޕެޕް ބުންޏެވެ.

އާލިން ހާލަންޑްގެ އިންޖަރީއާ ގުޅިގެން ޕެޕްބުނީ، އޭނާގެ ފައިގެ ސްކޭން ތަކުން ކަމެއް ނުދައްކާ ކަމަށާއި ނަމަވެސް އޭނާއަށް ހިނގާއިރު ވެސް އުނދަގޫ ވާކަމަށެވެ. އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާން މަސައްކަތް ކުރި ނަމަވެސް އެކަން ވާގޮތް ނުވީ ކަމަށާއި ހާލަންޑަށް އުނދަގޫ ތަކެއް ވާކަމުގައި އޭނާ ހާމަކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ސިޓީއަށް މިސީޒަންގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ މައްސަލަ ތަކެވެ. މިގޮތުން އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރޮޑްރީއަށް ސީޒަންގެ ކުރީކޮޅު އަނިޔާވެ މުޅި ސީޒަން އޭނާއަށް ގެއްލޭނެކަން ކަށަވަރު ވެފައިވާއިރު ޕްރީ ސިޒަންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އޮސްކާ ބޮބްއަށް ވެސް ވަނީ ސިޒަން ފެށުނުތަނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

މީގެ އިތުރުން ސިޓީގެ ޑިފެންސްގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން ދާ ގިނަ ކުޅުންތެރިން މިސީޒަންގެ ބޮޑު ބައި ހޭދަކުރަމުން އަންނަނީ އަނިޔާގައެވެ. މިގޮތުން ޖޯން ސްޓޯންއަށް އަނެއްކާ ވަނީ ރޭގެ މެޗުގައި އަނިޔާވެގެން ބާލަން ޖެހިފައެވެ. ހަމައެއާއެކު އެޓީމު މުހިންމު ބައެއް ކުޅުންތެރިންގެ އުމުރު މިހާރު ވަނީ ތަންކޮޅެއް މައްޗަށް ގޮސްފައެވެ. މިއާއެކު