Last Updated:
1 decade 3 year ago

ކުދިކުދި ހަމަނުޖެހުންތަކަށްފަހު ސީދާ ހަރަކާތުގެ މުޒާހަރާ ނިންމާލައިފި

    ބުލޮގު ޚުލާސާ
    *** އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާ ހަވީރުން ފެށިގެން ޖައްސާފައި ބޭއްވުމަށްފަހު މިރޭ ވެސް މީހުން ގިނަކޮށްގެން މުޒާހަރާ ފަށައިފި އެވެ. މުޒާހަރާގެ ބޮޑު ބައި މިރޭ އޮތީ ދިރާގު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ލައިޓާ ކައިރީގަ އެވެ. މިވަގުތު މުޒާހަރާ ކުރިޔަށް ދާއިރު ފުލުހުން ގެންދަނީ ދޭތެރޭ ދޭތެރެއިން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުންނެވެ. ހަމައެއާއެކު މުޒާހަރާގެ ބައިވެރިން ވެސް ދޭތެރެ ދޭތެރެއިން ކުރިއަރަން މަސައްކަތް ކުރަމުން ދަނީ އަވަސް އިންތިހާބަކަށް ގޮވަލަމުންނެވެ.
    01:05

    ގިނަ އަދަދެއްގެ ފުލުހުން އައިސް މިހާރު ވަނީ މުޒާހަރާ ރޫޅައިލަން ތައްޔާރުވެފައި. މުޒާހަރާ ކުރާ މީހުން ވެސް މިހާރު ވަނީ ފަހަތަށް ޖައްސާފައި.
    00:41

    އެމްޑީޕީއަށް ނިސްބަތްްވާ ޕާލަމެންޓްމެންބަރުން ކަމަށްވާ ގަސަމް އާއި ކުބޭ ފުލުހުންނާ މަޝްވަރާތަކެއް ކުރަމުން އެބަދޭ. މުޒާހަރާގެ ބައިވެރިން ތިބީ ފަހަތުގައި. އިތުރު ކަމެއް މިވަގުތަކު ނެތް.
    00:06

    12:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރާނަމަ އަތުލާނެ ކަމަށް ފުލުހުން ވަނީ އިންޒާރުކޮށްފައި. އަދި ދެންމެ ކުރި އަރަން މުޒާހަރާގެ ބައިވެރިން އުޅުމުން މިހާރު ވަނީ ފަހަތަށް ޖައްސާފައި.
    23:56

    މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް ފަހަނައަޅައި ކުރިއަރަން މިހާރު ދަނީ މަސައްކަތް ކުރަމުން.
    23:55

    މިރޭގެ މުޒާހަރާގައި މާ ބޮޑު ހަރަކާތެއް އަދި ފެންނަން ނެތް އިރު ފުލުހުން ވެސް ތިބީ ވަރަށް މަދުން.
    23:42

    ފުލުހުންގެ ބައެއް ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ވަނީ އަމިއްލައަށް ފަހަތަށް ޖައްސާފައި. މުޒާހަރާގައި އަވަސް އިންތިހާބަކަށް ގޮވާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ.
    23:16

    މިވަގުތު މުޒާހަރާގައި ހާއްސަ ކަމެއް ނެތް. މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކުރުމުގައި މަޑުކޮށްލައިގެން އެބަތިބި.
    22:57

    މުޒާހަރާގައި އާންމުންނާއި ދެމެދު ކުރިމަތިލުންތައް ވަނީ ހިނގަން ފަށާފައި. ދާދި ދެންމެއަކު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު ފުލުހުންނަށް ވެސް ބައެއް އާންމުންނަށް ވެސް ކުދިކުދި އަނިޔާތައް ވަނީ ވެފައި.
    22:31

    މިރޭ މުޒާހަރާ ކުރިޔަށް ދާއިރު މިހާރު ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައި. އެމީހުން ހައްޔަރުކުރި ކަމަށް ވަނީ ފުލުހުންނަށް ހުރަސް އެޅުމުން ކަމަށް ބައެއް މީހުން ބުނޭ.